ހުވަދުއަތޮޅު ދެކުނުބުރީ ވާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޖަމާލުއްދީން ލައިބްރަރީ ހިމެނޭ ގޯތި ސާފުކުރުން

 

 

ނަންބަރ:

 (IUL)421/421/2021/35

އިޢުލާން

ތާރީޚް

‏ 17 ރަބީޢުލްއައްވަލް‏ 1443

 22‏ ނޮވެމްބަރ‏ 2021

 

ޖަމާލުއްދީން ލައިބްރަރީ ހިމެނޭ ގޯތި ސާފުކުރުން

 

       މިރަށު ޖަމާލުއްދީން ލައިބްރަރީ ހުންނަގޯތި ( '72x'120 ( އިޖުތިމާޢީ ބިމެއްގެ ގޮތުގައި 01 އަހަރު ދުވަހުގެ މުއްދަތަށް ކުނިކަހާ ސާފުކޮށް ބަލަހައްޓައިދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.

        ވީމާ،މިގޯތި ސާފުކޮށް ބެލެހެއްޓުމަށް ޝައުގުވެރިވާ ފަރާތްތަކުން 30 ނޮވެމްބަރ 2021 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން އައިޑީކާޑް ކޮޕީ ހިމަނައިގެން މިއިދާރާއަށް ސިޓީ ފޮނުއްވުންއެދެމެވެ.

ގޯތި ބެލެހެއްޓުމަށް ހަވާލުކުރުމުގައި ބަލާނެ ކަންތައްތައް:

  1. އަލަށް ކުރިމަތިލާ ފަރާތްތަކަށް އިސްކަން ދިނުން.
  2. އަލަށް މީހަކު ކުރިމަތިނުލާނަމަ މިހާރުވެސް އިޖުތިމާޢީ ބަލަހައްޓާ ފަރާތްތަކުގެ ތެރެއިން އެންމެ މަދުން މަގު ސާފުކުރާ މީހުންގެ ތެރެއިން މީހަކަށް ގޯތި ސާފުކުރުމަށް ހަވާލުކުރުން.
  3. ފާއިތުވީ ތަނުގައި މަގު ސާފުކުރުމުގައި ފަރުވާކުޑަވެގެން މަގުތައް ވަކިކޮށްފައިވާ ފަރާތްތަކަށް ހަވާލު ނުކުރެވޭނެއެވެ.

ސާފުކުރާ ފަރާތަށް ދޭކުލިޕ

  1. މަހަކު: -/500 ( ފަސްސަތޭކަ ) ރުފިޔާ

 

       އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ސަރުކާރު ބަންދުނޫން ދުވަސްތަކުގެ ރަސްމީ ގަޑީގައި މި އިދާރާގެ ފޯން ނަންބަރ 6840005 އާއި ގުޅުއްވުމުން މަޢުލޫމާތު ލިބިވަޑައިގަންނަވާނެއެވެ.

 

 

 

 

 

 

 

 

 

 

 

                                                          ޙާޝިރު މުޙައްމަދު

                                                       ކައުންސިލްގެ ނާއިބް ރައީސް

22 ނޮވެންބަރު 2021
ހޯދާ