މޯލްޑިވްސް ކަސްޓަމްސް ސަރވިސް
ދިވެހިރާއްޖެ
އިމްޕޯޓަރ/އެކްސްޕޯޓަރ ނަންބަރު ހޯދުމާއި ކަސްޓަމްސް ޕޯޓަލް ލޮގިންހޯދުމަށް އޮންލައިންކޮށް ހުށަހެޅުމާގުޅޭ

އެކިއެކި ޚިދުމަތްތަކަށް އެދި ކަސްޓަމްސް އަށް ހުށަހެޅުމަށްޓަކައި ތަޢާރަފްކުރެވިފައިވާ "ޚިދުމަތްތައް ރަޖިސްޓްރީކުރުމަށާއި ކެންސަލްކުރުމަށް އެދޭ ފޯމު" (MCS-155) އިން ރިކްއެސްޓްކުރެވޭ ޚިދުމަތްތަކުގެ ތެރޭގައި ހިމެނޭ އިމްޕޯޓަރ/އެކްސްޕޯޓަރ ނަންބަރު ހޯދުމާއި ކަސްޓަމްސް ޕޯޓަލް ލޮގިން ހޯދުމަށް، އޮންލައިންކޮށް ހުށަހެޅޭގޮތަށް ވަނީ ހަމަޖެހިފައެވެ. އިސްވެދެންނެވުނު ޚިދުމަތްތައް ހޯދުމަށް ހުށަހަޅަންޖެހޭނީ އީ-ފާސް ލޮގިން (https://efaas.egov.mv/Account/Login) ބޭނުންކޮށްގެންނެވެ. މި ބަދަލާއެކު އިމްޕޯޓަރ/އެކްސްޕޯޓަރ ނަންބަރާއި "އަސިކުޑާ ވަރލްޑް" ގެ ލޮގިންއާއެކު ކަސްޓަމްސް ޕޯޓަލް ލޮގިންވެސް  ލިބިގެންދާނެއެވެ.

      ވީމާ، އިމްޕޯޓަރ/އެކްސްޕޯޓަރ ރަޖިސްޓްރީކުރުމަށް އޮންލައިންކޮށް ހުށަހެޅުމަށް ދެންނެވީމެވެ.

22 ނޮވެންބަރު 2021
ހޯދާ