މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ ފަރާތުން ހިންގަން ހަމަޖެހިފައިވާ 'އިންޕްރޫވިންގ ދަ ފުޑް އިމްޕޯޓް - އެކްސްޕޯޓް ކޮންޓްރޯލް ސިސްޓަމް އޮފް މޯލްޑިވްސް' ޕްރޮޖެކްޓްގެ ތަމްރީނުތައް ދިނުމުގެ މަސައްކަތް ކުރުމަށް ޓްރެއިނަރއެއް ހޯދުމަށް

އިޢުލާން

    މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ ފަރާތުން ހިންގަން ހަމަޖެހިފައިވާ 'އިންޕްރޫވިންގ ދަ ފުޑް އިމްޕޯޓް - އެކްސްޕޯޓް ކޮންޓްރޯލް ސިސްޓަމް އޮފް މޯލްޑިވްސް' ޕްރޮޖެކްޓްގެ ތަމްރީނުތައް ދިނުމުގެ މަސައްކަތް ކުރުމަށް ޓްރެއިނަރއެއް ބޭނުންވެއެވެ.

މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުގެ ހުންނަންޖެހޭ ތަޢުލީމީ ފެންވަރާއި ތަޖުރިބާ، އަދި މަސްއޫލިއްޔަތުތަކާއި ޒިންމާތައް ބަޔާންކޮށްފައިވާ 'ޓަރމްސް އޮފް ރިފަރެންސް' މި އިޢުލާނާއި އެއްކަރުދާސްކޮށްފައިވާނެއެވެ. މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން 'ލެޓަރ އޮފް އިންޓްރެސްޓް' ހުށައަޅުއްވާއިރު ތިރީގައި މިވާ މަޢުލޫމާތު ހުށައަޅުއްވަންވާނެއެވެ.

  • ތަޢުލީމީ ސެޓުފިކެޓުތަކުގެ  އެޓެސްޓު ކުރެވިފައިވާ ކޮޕީ
  • މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ފަންނީ ތަޖުރިބާ އެނގޭ ގޮތަށް ތައްޔާރުކުރެވިފައިވާ ވަނަވަރު
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނުވަތަ ޕާސްޕޯޓުގެ ކޮޕީ
  • ގުޅޭނެ ނަންބަރާއި، އީމެއިލް އެޑްރެސް އަދި ދާއިމީ އެޑްރެސް

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 28 ނޮވެމްބަރު 2021 ވާ ބުރާސްފަތި ދުވަހުގެ 14:00ގެ ކުރިން، ސިޓީއަކުން ނުވަތަ މި އޮތޯރިޓީގެ އީމެއިލް [email protected] މެދުވެރިކޮށް މި އޮތޯރިޓީއަށް ހުށައެޅުއްވުން އެދެމެވެ.

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ
ރޯޝަނީ ބިލްޑިންގ / 1 ވަނަ ފަންގިފިލާ
ސޯސަންމަގު
މާލެ، ދިވެހިރާއްޖެ
އީމެއިލް:[email protected]

އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ ގުޅުއްވާނެ ނަންބަރަކީ 3014361/7603204 އެވެ.

22 ނޮވެންބަރު 2021
ހޯދާ