ދިވެހިރާއްޖެ
އިޢުލާން
އައިޓީއާއިގުޅޭ ތަކެތި ގަތުމަށް ބޭނުންވެއްޖެ
މި ބިއުރޯއިން ދޭ ސްޕެސިފިކޭޝަނާއި އެއްގޮތަށް ތިރީގައި މިދަންނަވާއި ތަކެތި ގަތުމަށް ބޭނުންވެއްޖެ.
ވީމާ މިތަކެތި ވިއްކެވުމަށް އެދިލައްވާ ފަރާތްތަކުން 2021 ޑިސެމްބަރު މަހުގެ 5 ވަނަ ދުވަހުގެ 13:30 އަށް މިބިއުރޯއަށް ވަޑައިގެން އަގު ހުށަހެޅުއްވުން އެދެމެވެ.
50 ލެޕްޓޮޕް
30 ކޮމްޕިއުޓަރ ސިސްޓަމް
21 ސަރވަރ ހާރޑް ޑިސްކް
250 ޔޫއެސްބީ ހަބް
125 ޕަވަރ އެކްސްޓެންޝަންކޯޑް
މިބީލަމާއިބެހޭ މައުލޫމާތު އަދި ގަންނަން ބޭނުންވާ ތަކެތީގެ ސްޕެސިފިކޭޝަން މިއިއުލާނާއިއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ. އަދި މިމަޢުލޫމާތު މިބިއުރޯގެ ވެބްސައިޓް http://www.statisticsmaldives.gov.mv އިންވެސް ލިބެން ހުންނާނެވާހަކަ ދެންނެވީމެވެ. ބީލަމްގައި ބައިވެރިވާ ފަރާތްތަކުން 2021 ޑިސެމްބަރު މަހުގެ 5 ވަނަ ދުވަހުގެ 09:00 ގެ ކުރިން ބީލަމްގައި ރަޖިސްޓްރީވުމަށް އެދޭފޯމް ފުރިހަމަ ކުރުމަށްފަހު [email protected] އަށް އީމެއިލްކުރައްވައި ރަޖިސްޓްރިވިކަން ޔަގީން ކުރަންވާނެއެވެ.
މިބީލަމާއި ގުޅޭގޮތުން އިތުރު މަޢުލޫމާތެއް އޮޅުންފިލުއްވަން ބޭނުންފުޅުވެލައްވާނަމަ މި ބިއުރޯގެ ފޯން ނަންބަރު.3008414 / 3008400 އަށް ގުޅުއްވުން އެދެމެވެ.
އިޙްތިރާމް ޤަބޫލުކުރެއްވުންއެދެމެވެ.
17 ރަބީއުލްޢާޚިރު 1443
22 ނޮވެމްބަރު 2021