ދިވެހިރާއްޖެ
މިރަށު އަންހެނުންގެ ކެފޭގައި ހުރި އެއް ކޮޓަރި (ކުރީގެ ބޭސްފިހާރަ ) ހިންގި ޢިމާރާތުގައި ވިޔާފާރި ކުރުމަށް ޝައުގުވެރިވާފަރާތެއް ހޯދުމަށް މިއިދާރާއިން ކުރި (IUL)384-A/2021/66 ނަމްބަރ އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން އަގު ހުށަހަޅާފައި ނުވާތީ އަލުން މިތަން ކުއްޔަށް ހިފާނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. އެންމެ ރަގަޅު އަގެއް ހުށައަޅާ ފަރާތަކަށް، 3 އަހަރު ދުވަހުގެ މުއްދަތައް ކުއްޔަށް ދިނުމަށް ކައުންސިލުންވަނީ ނިންމާފައެވެ. މިގޮތުން މިތަން ކުއްޔަށް ދިނުމަށް ކަނޑައަޅާފައިވާ އެންމެ ކުޑަ އަގަކީ މަހަކަށް 1000 (އެއްހާސް) ރުފިޔާއެވެ.
ތަނުގެ މަޢުލޫމާތު:
ތަނުގެ ބޮޑުމިން: 11×12 (132އަކަފޫޓް )
ވީމާ، މިތަން ކުއްޔަށް ހިފުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 28 ނޮވެމްބަރ 2021 ވާ އާދިއްތަ ދުވަހު 13:00 މިއިދާރާއަށް ވަޑައިގެން، އައިޑީ ކާޑް ކޮޕީއަކާއި އެކު އަގު ހުށަހެޅުއްވުން އެދެމެވެ. ހުށައަޅާފައިވާ އަގުތައް ކަނޑާ ބެލުން އޮންނާނީ އެދުވަހު އެގަޑިއަށް ވަޑައިގަންނަވާ ބޭފުޅުންގެ ޙާޞިރުގައެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ މިއިދާރާގެ ނަމްބަރ 6780034 އަށެވެ.
މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.