ދިވެހިރާއްޖެ
ތިރީގައިމިވާ ތަކެތި މިކައުންސިލަށް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި ނަމްބަރ (IUL)384-A/2021/68 ނަމްބަރ އިޢުލާނައި ގުޅިގެން އެކަށީގެންވާވަރަށް ބިޑް ލިބިފައި ނުވާތީ، އަލުން މިތަކެތި ފޯރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
Quantity |
Description |
# |
1 |
ACTUATOR ROTARY WITH BALL JOINT MRB-80A(MRB-80A) |
1 |
2 |
HELM PUMP WITHOUT MOUNTING BRACKET H-639 (H-639) |
2 |
2 |
STEERING WHEEL WR-340 (WR-340) |
3 |
3 |
HYDRUMULIC OIL HF.15.3.6 (HF.15.36Y) |
4 |
180 |
NYLONE HOSE1000-06100M (1000-06 10M) |
5 |
12 |
SELF FIT COUPLING CFTG-06-CZP (CFTG-06-CZP) |
6 |
6 |
FEMALE HOSE COUPLING (ELBOW) (8022RG06-04) |
7 |
2 |
TEE ADAPTOR HT-PF3/8 (HT- HT-PF3/8 PF3/8) |
8 |
1 |
HEAD ASSY.REMO-CON (41730-501200) |
9 |
1 |
ATTACHMENT KIT (41730-501270) |
10 |
ވީމާ، މިތަކެތި ފޯރުކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 24 ނޮވެމްބަރ 2021 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން ރަޖިސްޓްރޭޝަން ޝީޓް ފުރިހަމަ ކުރުމަށްފަހު [email protected] އަށް އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ. މިއިޢުލާނާއި ގުޅޭ މައުލޫމާތު ކަރުދާސް އަދި ރަޖިސްޓްރޭޝަން ފޯރމް އެޓޭޗްމަންޓްގައި ގެޒެޓް ކުރެވިފައިވާނެއެވެ. ނުވަތަ މަތީގައިވާ ތާރީޚުގެ ކުރިން ރަސްމީ ގަޑީގައި މިކައުންސިލަށް ޙާޟިރުވެ ރަޖިސްޓްރޭޝަން ޝީޓް ފުރިހަމަ ކުރުމަށްފަހު ހުށަހެޅުއްވުން އެދެމެވެ. އަދި ރަޖިސްޓްރޭޝަން ޝީޓް މެއިލް ކުރުމަށްފަހު ލިބުނުކަން ކަށަވަރު ކުރުމަށްޓަކައި މި އިދާރާ ގެ ނަންބަރ 6780034 ފޯނާ ގުޅުއްވާ ޔަޤީން ކުރައްވަން ވާނެއެވެ. މިމުއްދަތުގައި ރަޖިސްޓްރީ ނުވާ ފަރާތަކަށް ބިޑް ހުށަހެޅުމުގެ ފުރުސަތު ދެވެން ނޯންނާނެ ވާހަކަ ދަންނަވަމެވެ.
މި އިޢުލާނާއި ގުޅިގެން އިތުރުމަޢުލޫމާތެއް ސާފުކުރައްވަން ބޭނުންވާނަމަ، 24 ނޮވެމްބަރ 2021 ވަނަ ދުވަހުގެ 13.00ގެ ކުރިން މި އިދާރާގެ ނަންބަރ 6780034 ގުޅުއްވާ މަޢުލޫމާތު ސާފުކުރެއްވުމަށް ދަންނަވަމެވެ. އަންދާސީހިސާބު ބަލައިގަތުމާއި ބިޑް ހުޅުވުން 25 ނޮވެމްބަރ 2021ވާ ބުރާސްފަތި ދުވަހު 11.00ގައި މި އިދާރާގައި އޮންނާނެއެވެ.
މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.