މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީ
ދިވެހިރާއްޖެ
ފާރގޯ އެޗްޑީޕީ 8500 ޕްރިންޓަރަށް ބޭނުންވާ ފިލްމް އަދި ރިބަން ގަތުން

އިޢުލާން

އަންދާސީ ހިސާބު ބޭނުންވެއްޖެ

       މިއޮތޯރިޓީއަށް ތިރީގައި މިދަންނަވާ ތަކެތި ގަންނަން ބޭނުންވެގެން 2021 ނޮވެމްބަރު 10 ވީ ބުދަ ދުވަހު ކުރެވުނު ނަންބަރު 122/2021/1/A-202(IUL) އިޢުލާނާ ގުޅިގެން އަންދާސީ ހިސާބު ހުށައެޅުމަށް އެއްވެސް ފަރާތަކުން ޙާޒިރުވެފައިނުވާތީ އެއިޢުލާން ބާތިލްކޮށް އަލުން އިޢުލާން ކުރަމެވެ.

  • ފުލް ކަލަރރިބަން ( FARGO HDP8500 84814 ޕްރިންޓަރުގައި ބޭނުންކުރުމަށް)
  • ފިލްމް ( FARGO HDP8500 84814 ޕްރިންޓަރުގައި ބޭނުންކުރުމަށް)

    ވީމާ، މިތަކެތި ވިއްކުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 2021 ނޮވެމްބަރު 28 ވާ އާދިއްތަ ދުވަހު 11:00 އަށް މިއޮތޯރިޓީ އަށް ވަޑައިގެން އަންދާސީ ހިސާބު ހުށެހެޅުއްވުން އެދެމެވެ. މިއިޢުލާނާއި ގުޅޭ މަޢުލޫމާތު  ކަރުދާސް މިއިޢުލާނާއިއެކު ގެޒެޓުގައި އެއްކަރުދާސް ކުރެވިފައިވާނެއެވެ.

                އަދި ދަންނަވަމެވެ. އަންދާސީ ހިސާބު ހުށަހެޅުމަށް ގަޑިޔަށް ވަޑައިނުގަންނަވާ ފަރާތުގެ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

21 ނޮވެންބަރު 2021
ހޯދާ