ދިވެހިރާއްޖެ
ނަންބަރު: (IUL)202-M/1/2021/132
އިޢުލާން
ދިވެހިރާއްޖެއާއި އިންޑިއާ އަދި ސްރީލަންކާ ގުޅިގެން ބާއްވަމުން އަންނަ ޓްރައިލެޓަރަލް އެކްސަސައިޒް "ދޯސްތީ 15" ގެ ކަނޑުމަތީގެ އަދި ވައިގެ ތަމްރީނުތަކެއް ކ.ހުޅުމާލޭގެ އިރުމަތިން 15 ނޯޓިކަލް މޭލު ބޭރުގައި 2021ނޮވެމްބަރު މަހުގެ 20 އަދި 21 ވަނަ ދުވަހުގެ 12:00 އިން 18:00 އަށް އަދި 2021 ނޮވެމްބަރު 22 ވަނަ ދުވަހުގެ 06:00 އިން 10:00އަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާކަން މިއޮތޯރިޓީއަށް އަންގާފައިވެއެވެ. މި ތަމްރީނުތަކުގެ ތަފްސީލް ތިރީގައި މިވަނީއެވެ.
ތަމްރީނުގައި ވައިގެ ސަރަހައްދު ބޭނުންކުރާނެ ގޮތުގެ ތަފްސީލް
1- ބޭނުންކުރާ ހަތިޔާރު/ ޕައިކޯޓެކްނިކްސް : _
2- ވައިގެ ސަރަހައްދު ބޭނުންކުރޭނެ އެންމެ ދުރުމިން: 15 ނޯޓިކަލް މޭލު
3- ވައިގެ ސަރަހައްދު ބޭނުންކުރާނެ އެންމެ އުސްމިން: 1700 ފޫޓު
4- ވައިގެ ސަރަހައްދު ބޭނުންކުރާނެ އެންމެ ތިރިމިން: 200 ފޫޓު
5- 5.ވައިގެ ސަރަހައްދު ބޭނުންކުރާނެ ޑައިރެކްޝަން: ކ.ހުޅުމާލޭގެ އިރުމަތިން 15 ނޯޓިކަލް މޭލު ބޭރުގައި
ވީމާ، މި ސަރަހައްދުން ކަނޑުދަތުރުފަތުރުކުރާ ފަރާތްތަކުން މިކަމަށް ސަމާލުކަން ދެއްވައިގެން ދަތުރުފަތުރު ކުރެއްވުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް އާއްމުކޮށްއަންގާ އިޢުލާންކުރީމެވެ.