ހައްދުންމަތީ ކުނަހަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ލ.ކުނަހަންދޫގައި ބޭނުން ކުރަމުންގެންދާ އެއްގަމު އުޅަނދު ތަކާއި ބެހޭ

ލ.ކުނަހަންދޫގައި ބޭނުން ކުރަމުންގެންދާ އެއްގަމު އުޅަނދު ތަކާއި ބެހޭ

              

           މޯލްޑިވުސް ޓްރާންސްޕޯޓް އޮތޯރިޓީގެ ޤާނޫނާއި ގަވައިދުތަކާއި އެއްގޮތަށް ލ.ކުނަހަންދޫގެ ހުރިހާރައްޔިތުން އެއްގަމު އުޅަނދު ގެންގުޅުމަށް ބާރުއަޅައި އެ ގަވައިދުތަކަށް އަމަލުކުރުމުގެ ގޮތުން ލ.ކުނަހަންދޫގައި ގެންގުޅޭ ހުރިހާ އެއްގަމު އުޅަނދުތަކުގެ ވެރިން މި ކައުންސިލުގައި ނަންނޯޓް ކުރުމަށް ދަންނަވަމެވެ. އަދި ނަންނޯޓް ކުރުމަށް އަންނައިރު އެ އުޅަނދެއްގެ ރަޖިސްޓްރީގެ ކޮޕީ މި ކައުންސިލަށް ހުށައަޅައި ދެއްވުން އެދެމެވެ.

އަދި މިހާތަނަށް ރަޖިސްޓްރީ ނުކުރާ އުޅަނދުތަށް ގެންގުޅޭ ފަރާތްތަކުން އެކަން މި ކައުންސިލަށް އަންގައި ވީ އެންމެ އަވަސް މުއްދަތެއްގެ ތެރޭގައި އުޅަނދު ރަޖިސްޓްރީ ކުރުމަށް ދަންނަވަމެވެ.

             ވީމާ، 25ނޮވެމްބަރު 2021 ވާ ބުރާސްފަތި ދުވަހުގެ މެންދުރު ފަހު 2:00ގެ ކުރިން އުޅަނދުގެ ވެރިފަރާތް މި ކައުންސިލުގައި ނަންނޯޓް ކުރުމަށް ދަންނަވަމެވެ. އަދި މި މުއްދަތުގައި ނަންނޯޓް ނުކުރާ އެއްގަމު އުޅަނދުތަށް ޓްރާންސްޕޯޓް އޮތޯރިޓީގެ ގަވައިދުގެ ދަށުން އަމަލުކުރެވޭނެ ވާހަކަ ދަންނަވަމެވެ.  

 

ނޯޓް: ނަންނޯޓް ކުރުން ކުރިއަށް ގެންދާނީ ރަސްމީ ކޮންމެ ދުވަހެއްގެ ހެނދުނު 8:00ން މެންދުރުފަހު 14:00ށް

 

 

 

 

16 ރަބީއުލް އާޙިރު1443

                       21  ނޮވެމްބަރު 2021             

21 ނޮވެންބަރު 2021
ހޯދާ