ދިވެހިރާއްޖެ
ނަންބަރު: (IUL)199-GAS/199/2021/66
އިއުލާން
އިމާރާތެއް ކުއްޔަށް ހިފުމާއި ގުޅޭ:
މި އެޖެންސީގެ ބޭނުމަށް މާލެ ނުވަތަ ހުޅުމާލެއިން 9000 އަކަފޫޓަށްވުރެ ކުޑަނޫން އިމާރާތެއް 02 އަހަރު ދުވަހުގެ މުއްދަތަކަށް ކުއްޔަށް ހިފުމަށް ބޭނުންވެއެވެ.
މިކަމާއި ގުޅޭ މަޢުލޫމާތު ކަރުދާހެއް މި އިޢުލާނާއި އެކު އެއްކަރުދާސް ކުރެވިފައި ވާނެއެވެ. އަދި މި އެޖެންސީގެ ވެބްސައިޓް www.nspa.gov.mv ގައި ޝާއިޢު ކުރެވިފައި ވާނެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މިކަމާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންނަމަ ތިރީގައިވާ ގަޑިތަކުގައި މި އޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ތިރީގައިވާ
ގަޑިއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ.
ތަފްޞީލު |
ތާރީޚު |
ދުވަސް |
ގަޑި |
މަޢުލޫމާތު ސާފުކުރުން |
28 ނޮވެމްބަރ 2021 |
އާދީއްތަ |
11:00 |
އަންދާސީހިސާބު ހުށަހެޅުން |
05 ޑިސެމްބަރ 2021 |
އާދީއްތަ |
11:00 |
މަޢުލޫމާތު ސާފުކުރުމަށް ވަޑައިގަންނަވާނީ: މޫކައި ސުއިޓްސް 4 ވަނަ ފަންގިފިލާ (މ.ސަކައިމޫ( ގެ މީޓިންގ ރޫމްއަށް. |
|||
އަންދާސީ ހިސާބު ހުށަހެޅުމަށް ވަޑައިގަންނަވާނީ: މޫކައި ސުއިޓްސް 4 ވަނަ ފަންގިފިލާ (މ.ސަކައިމޫ( ގެ މީޓިންގ ރޫމްއަށް. |
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް:
- ފޯން: 3005353+960-
- ފެކްސް: +960-3003535
- އީމެއިލް: [email protected]
21 ނޮވެމްބަރ 2021
16 ރަބީޢުލްއާޚިރު 1443