ކުޅުދުއްފުށީ ޕޯޓް ޕްރައިވެޓް ލިމިޓެޑް
ދިވެހިރާއްޖެ
ކޭޓަރިންގ ގެ ޚިދުމަތް ފޯރުކޮށްދޭނޭ ފަރާތެއް ހޯދުމާއި ބެހޭ

ކުޅުދުއްފުށީ ޕޯޓްގެ 16 ވަނަ އަހަރީ ދުވަހުގެ ހަރަކާތްތަކަށް، ޕޯޓުން އެރުވޭ މަޢުލޫމާތާއި އެއްގޮތަށް ކޭޓަރިންގ ގެ ޚިދުމަތްތައް ފޯރުކޮށްދޭނޭ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

             މިކަމަށް ޝަޢުގުވެރިވެލައްވާ ފަރާތްތަކަށް ބާއްވާ މަޢުލޫމާތު ދިނުމުގެ ސެޝަން އޮންނާނީ 23 ނޮވެމްބަރ 2021 ވާ އަންގާރަ ދުވަހުގެ 13:00 ގައި ކުޅުދުއްފުށީ ޕޯޓްގެ ކޮންފަރެންސް ހޯލުގައެވެ. އަދި އަންދާސީ ހިސާބު ހުށަހެޅުމަށް ހަމަޖެހިފައިވަނީ 25 ނޮވެމްބަރ 2021 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި ކުޅުދުއްފުށީ ސަރަޙައްދީ ބަނދަރުގައެވެ.

އަންދާސީ ހިސާބު ހުށަހެޅުއްވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ވިޔަފާރީގެ އުޞޫލުން ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށާއި ، 23 ނޮވެމްބަރ 2021 ވަނަ ދުވަހު ބާއްވާ މަޢުލޫމާތު ދިނުމުގެ ސެޝަންގައި ބައިވެރިވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ.

އަންދާސީ ހިސާބު ހުށަހެޅުން.

  • · އަންދާސީ ހިސާބު ހުށައަޅުއްވާނީ ތިރީގައި މިދަންނަވާގޮތަށް ބީލަން ހުށައަޅާ ސިޓީ އުރައިގެ ބޭރުގައި ޖެއްސެވުމަށްފަހު އެވެ.

- ކުޅުދުއްފުށީ ސަރަހައްދީ ބަނދަރު / ހދ ކުޅުދުއްފުށި

-  ކުޅުދުއްފުށީ ސަރަހައްދީ ބަނދަރުގެ ކޭޓަރިންގ ޚިދުމަތް ފޯރުކޮއްދިނުމަށް އެދި

- އިޢުލާން ނަންބަރ : IL-KPL/2021/006

 

  • · ބިޑް ހުޅުވުން

- ބިޑް ހުޅުވުމަށް ހަމަޖެހިފައިވަނީ 25 ނޮވެމްބަރ 2021 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި ކުޅުދުއްފުށީ ސަރަޙައްދީ ބަނދަރުގެ ކޮންފަރެންސް ހޯލުގައި މިކަމަށް އެދި އަންދާސީ ހިސާބު ހުށައަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ.

20 ނޮވެންބަރު 2021
ހޯދާ