ދިވެހިރާއްޖެ
އަންދާސީ ހިސާބު ހުށަހެޅުއްވުމުގެ ދަޢުވަތު
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އާއި ގްރީން ކްލައިމެޓް ފަންޑް ގުޅިގެން ހިންގާ 'ސަޕޯޓިންގ ވަލްނަރަބްލް ކޮމިއުނިޓީސް އިން މޯލްޑިވްސް ޓު މެނޭޖް ކްލައިމެޓް ޗޭންޖް އިންޑިއުސްޑް ވޯޓަރ ޝޯޓޭޖަސް' މަޝްރޫޢުގެ ޕްރޮޖެކްޓް މެނޭޖްމެންޓް ޔުނިޓަށް (މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ، މާލެ) ސްކޭނިންގ މަސައްކަތް ކުރާނެ ފަރާތެއް ހޯދުމަށް ބޭނުންވެގެން ކުރި އިއުލާން ނަންބަރު ((IUL)438-GCF/438/2021/278) އަށް ހުށަހަޅާފައިވާ ބީލަންތައް އަގު ބޮޑުކަމަށް ފެންނާތީ އެއިއުލާން ބާތިލްކޮށް ބީލަން ހުށަހެޅުމުގެ ފުރުސަތު އަލުން ހުޅުވާލަމެވެ.
ވީމާ، މަތީގައި ދަންނަވާފައިވާ މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ދައުވަތު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އިން ދައުވަތު އަރުވަމެވެ.
މިކަމަށް ޝައުޤުވެރިވާ ފަރާތްތައް މަސައްކަތް ކުރުމުގެ ޤާބިލްކަން ސާބިތުކޮށް ދިނުމުގެ މައުލޫމާތު (ކުންފުނީ/ ބީލަން ހުށަހަޅާ ފަރާތުގެ ވަނަވަރު، މިފަދަ ހާލަތްތަކުގައި މަސައްކަތް ކުރުމުގެ ތަޖުރިބާ، ކުންފުނީގެ ފަރާތުން ޕްރޮޖެކްޓްގައި ބައިވެރިވާ ފަރާތްތަކުގެ އަދަދާއި ލިބިފައިވާ ތައުލީމީ ފެންވަރު އަދި އެހެނިހެން މައުލޫމާތު) ހުށަހަޅަންވާނެއެވެ.
މި މަސައްކަތުގެ "ރިކުއެސްޓް ފޯ ޕްރޮޕޯސަލް" އަދި "ޓާރމްސް އޮފް ރިފަރެންސް" މި އިޢުލާނާއެކު ޑައުންލޯޑް ކުރެވޭގޮތަށް އެއްއުރަކޮށްފައި ހުންނާނެއެވެ. އަދި މި މިނިސްޓްރީގެ ވެބްސައިޓް www.environment.gov.mv އިން ޑައުންލޯޑް ކުރެވެންވެސް ހުންނާނެއެވެ.
ބިޑް ރަޖިސްޓްރީ ކުރުން
ބީލަން ހުށަހެޅުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީގައި ރަޖިސްޓަރ ކުރަންވާނެއެވެ. ރަޖިސްޓަރީ ކުރައްވާނީ މިއިޢުލާނާއި އެއްކަރުދާސް ކުރެވިފައި 'ބިޑަރޒް ރެޖިސްޓަރޭޝަން ފޯމް' [email protected] އަށް އީ-މެއިލް ކުރައްވައިގެނެވެ. ރެޖިސްޓްރޭޝަން ކުރިއަށް ދާނީ ގެޒެޓް ކުރެވޭ ދުވަހުން ފެށިގެން 24 ނޮވެމްބަރ 2021 ވާ ދުވަހުގެ މެންދުރުފަހު 12:00 އައި ހަމައަށެވެ. ރަޖިސްޓަރީ ނުކުރައްވާ ފަރާތްތަކަށް ބީލަމުގައި ބައިވެރިވަޑައިގަތުމުގެ ފުރުސަތު ނޯންނާނެ ވާހަކަ ދެންނެވީމެވެ.
ބީލަން ވެލިޑިޓީ އަދި ބީލަން ހުޅުވުން
ބީލަން ހުޅުވުމަށް ހަމަޖެހިފައިވަނީ 29 ނޮވެމްބަރ 2021 ވާ ދުވަހު 09:00 ގައި، މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލަމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ ގައި މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަޤުތު، "ރިކުއެސްޓް ފޯ ޕްރޮޕޯސަލް" ގައި ވާގޮތައް ބީލަން ހުށަހަޅާ އެޑްރެސް ލިޔެވި އަދި ބީލަން ހުށަހަޅާފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ. ބީލަމުގެ 'ބިޑް ވެލިޑިޓީ' މުއްދަތެއްގެ ގޮތުގައި ބިޑް ހުށަހަޅާ ތާރީޚުން ފެށިގެން 90 ދުވަސް އޮންނަންވާނެއެވެ. މިބީލަމުގައި 'އިލެކްޓްރޯނިކް ސަބްމިޝަން' ބަލައެއް ނުގަނެވޭނެއެވެ.
އިތުރު މަޢުލޫމާތު ސާފުކުރުން
މި ޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ، އީ-މެއިލް ކުރައްވާނީ 24 ނޮވެމްބަރ 2021 ވާ ދުވަހު 12:00 ގެ ކުރިން، ތިރީގައިވާ އީ-މެއިލް އެޑްރެހަށެވެ. އީމެއިލްކުރައްވާއިރު ސަބްޖެކްޓްގައި އިޢުލާނު ނަންބަރާއި ބީލަމުގެ ނަން ލިޔަންވާނެއެވެ.
އީމެއިލް އެޑްރެސް:
ޖީ.ސީ.އެފް ޕްރޮޖެކްޓް މެނޭޖްމެންޓް ޔުނިޓް،
ވޯޓަރ އެންޑް ސެނިޓޭޝަން ޑިޕާޓްމަންޓް،
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ
މާފަންނު، މާލެ، 20392 ދިވެހިރާއްޖެ.
ފޯން: 3018395 (960)
ވެބްސައިޓް: http://www.environment.gov.mv
އީ-މެއިލް [email protected]
އަންދާސީ ހިސާބު ހުށަހަޅުއްވަން ވާނީ ތިރީގައި މިދަންނަވާ ގޮތަށް އެޑްރެސް ކޮށްފައެވެ.
ޖީ.ސީ.އެފް ޕްރޮޖެކްޓް މެނޭޖްމެންޓް ޔުނިޓް،
ވޯޓަރ އެންޑް ސެނިޓޭޝަން ޑިޕާޓްމަންޓް،
މިނިސްޓްރީ އޮފް އެންވަޔަރަމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ
ހަނދުވަރީ ހިނގުން، މާފަންނު، މާލެ، 20392، ދިވެހިރާއްޖެ.
އީމެއިލް: [email protected]
ވެބްސައިޓް: www.environment.gov.mv
(މަޝްރޫޢު ނަން)
އިޢުލާނު ނަންބަރު:
ނޯޓް:
މަޢުލޫމާތު ފުރިހަމަނޫން ބިޑުތައް ބާތިލުކުރުމުގެ ފުރިހަމަ އިޚްތިޔާރު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ ލިބިގެންވެއެވެ. އަދި ބިޑު ކޮންމެ ވަގުތެއްގައިވެސް ބާތިލުކުރުމުގެ އިޚްތިޔާރު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީއަށް ލިބިގެންވެއެވެ.