މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ިމިނިސްޓްރީން ދޭ މައުލޫމާތު ޝީޓާއި އެއްގޮތަށް މިނިސްޓްރީ އޮފް ހެލްތުގެ ވެބްސައިޓް ހަދައިދޭނެ ފަރާތެއް ހޯދުމަށް ބޭނުން ވެއްޖެއެވެ

 

                 އިޢުލާން

 

           މިމިނިސްޓްރީން ދޭ މައުލޫމާތު ޝީޓާއި އެއްގޮތަށް މިނިސްޓްރީ އޮފް ހެލްތުގެ ވެބްސައިޓް ހަދައިދޭނެ ފަރާތެއް  ހޯދުމަށް ބޭނުން ވެއްޖެއެވެ.    

 

         ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތައް  18 ނޮވެމްބަރ 2021 ވާ ބުރާސްފަތި ދުވަހުން ފެށިގެން 29 ނޮވެމްބަރ 2021 ވާ ހޯމަ ދުވަހުގެ މެންދުރު 13:00 ގެ ކުރިން [email protected] އަށް ގެޒެޓްކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް ފުރުމަށްފަހު އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ. މިއިޢުލާނާއި ގުޅޭ މައުލޫމާތު ކަރުދާސް ގެޒެޓްގައި އެއްކަރުދާސް ކުރެވިފައިވާނެއެވެ.

        އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 07 ޑިސެމްބަރ 2021 އަންގާރަ ދުވަހުގެ ހެނދުނު 11:00 ގައި މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު، 7 ވަނަ ފަންގިފިލާ) ގައެވެ.

 

        މިއިއުލާނާއި ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 29 ނޮވެމްބަރ 2021 ވާ ހޯމަ ދުވަހު މެންދުރު 14:00 ކުރިން [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ. އަދި ރެޖިސްޓަރ ކުރައްވާފައިނުވާ ފަރާތްތަކާއި  އަންދާސީ ހިސާބު ހުށަހަޅަން ގަޑިއަށް ވަޑައިނުގަނެވޭނެ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމަވެ.

13 ރަބީޢުލްއާޙިރު 1443

 

                                                                                              

18 ނޮވެންބަރު 2021
ހޯދާ