ދިވެހިރާއްޖެ
އިޢުލާން
2022 ވަނަ އަހަރުގެ ފެބްރުއަރީ މަހުގައި މި ޔުނިވަރސިޓީން ފެށުމަށް ހަމަޖެހިފައިވާ ކޯސްތަކުގެ ތެރޭގައި ތިރީގައި މި ބަޔާން ކުރާ ކޯސްތައް ހިމެނުމަށް ވަނީ ހަމަޖެހިފައެވެ. މި ކޯސްތަކަށް އެޕްލައިކުރުން 18ނޮވެންބަރު 2021 ވާ ބުރާސްފަތި ދުވަހު ހެނދުނު 8:00 އިން ފެށިގެން 27 ޖަނަވަރީ 2022 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 14:00 ނިޔަލަށް އޮންނާނެއެވެ. މި ކޯސްތަކާ ބެހޭ މަޢުލޫމާތު courses.mnu.edu.mv/އިން ލިބެން ހުންނާނެއެވެ. ކޯސްތަކަށް އެޕްލައިކުރުން ހަމަޖެހިފައިވަނީ އޮންލައިންކޮށް mnu.edu.mv/apply/ ގައިވާ ޕޯރޓަލް މެދުވެރިކޮށެވެ. އިތުރު މަޢުލޫމާތު [email protected] އަށް މެއިލް ކުރެއްވުމުން އަދި 3345155 ފޯނާ ގުޅުއްވުމުން ލިބިވަޑައިގަންނަވާނެ އެވެ.
ސްކޫލް އޮފް ނާރސިންގ
- އެޑްވާންސްޑް ޑިޕްލޮމާ އިން ނަރސިންގ (C) – ހދ. ކުޅުދުއްފުށި
- އެޑްވާންސްޑް ޑިޕްލޮމާ އިން މިޑްވައިފަރީ – ގދ. ތިނަދޫ
- ބެޗްލަރ އޮފް ނަރސިންގ (Sh) – ސ. ހިތަދޫ
ފެކަލްޓީ އޮފް ހެލްތު ސައިންސް
- ޑިޕްލޮމާ އިން ޕްރައިމަރީ ހެލްތު ކެއަރ (B) – ކ. މާލެ
- ބެޗްލަރ އޮފް ޕްރައިމަރީ ހެލްތު ކެއަރ (B) - ކ. މާލެ
- ބެޗްލަރ އޮފް ޕްރައިމަރީ ހެލްތު ކެއަރ (C) ކ. މާލެ
އެމް.އެން.ޔޫ ބިޒްނަސް ސްކޫލް
- ބެޗްލަރ އޮފް ބިޒްނަސް (މެނޭޖްމަންޓް އެންޑް މާރކެޓިންގ) – ހދ. ކުޑުދުއްފުށި، ގދ. ތިނަދޫ، ސ. ހިތަދޫ
- މާސްޓްރ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން – ކ. މާލެ، ސ. ހިތަދޫ
- އޭ.ސީ.ސީ.އޭ (ނޮލެޖް ލެވެލް) – ގދ. ތިނަދޫ
ކޯސްތަކުގެ ޝަރުތުތައް ޗެކްކުރުމަށް މި ލިންކަށް ފިއްތާލައްވާ:
https://mnu.edu.mv/course-information-sheet-2022-term-1/