ނިލަންދެއަތޮޅު ދެކުނުބުރީ ހުޅުދެލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހުޅުދެލީ ބަނދަރު ބުރުތަކުގައި ހުރި ރުއްތައް ކުއްޔަށް ދިނުމާބެހޭ

      ދ.ހުޅުދެލީ ބަނދަރު ބުރުތަކުގައި ކައުންސިލުން އިންދާފައިހުރި ރުއްތައް ކުއްޔަށް ދިނުމަށް މިކައުންސިލުން ގަސްތުކުރަމެވެ. ވީމާ މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން 28 ނޮވެމްބަރ 2021 ވާ އާދިއްތަ ދުވަހުގެ 11:00 އަށް މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 30 ނޮވެމްބަރ 2021 ވާ އަންގާރަ ދުވަހުގެ 11:00 އަށް ޕްރޮޕޯސަލް ހުށަހެޅުއްވުމަށް ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރަން ވަޑައިނުގެންނެވި ނަމަވެސް ޕްރޮޕޯސަލް ހުށަހެޅޭނެ ވާހަކަވެސް ދަންނަވަމެވެ. އަދި ޕްރޮޕޯސަލް ހުށަހަޅުއްވަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައިގައެވެ.

މަޢުލޫމާތު ސާފުކުރުމާއި ޕްރޮޕޯސަލް ހުށަހަޅަން ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ، ހުށަހަޅުއްވާ ފަރާތުގެ ސިޓީއެއް ހުށަހަޅުއްވަން ވާނެއެވެ.

      ވީމާ، މިކަންޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.

18 ނޮވެންބަރު 2021
ހޯދާ