ދިވެހިރާއްޖެ
އިޢްލާން
މިސްކިތު މަސައްކަތު މީހުންގެ ދަފުތަރު އެކުލަވާލުން
މިކައުންސިލްގެ ނަންބަރު:21 /2021/393/393(IUL) (23 މެއި 2021) އިޢްލާނާގުޅިގެން އެކުލަވާލެވުނު، މިސްކިތްތަކުގެ މަސައްކަތު މީހުންގެ ދަފުތަރުގައި ހިމެނޭ ގިނަ މަސައްކަތު މީހުން މިވަގުތު އުޒުރުވެރިވަމުންދާތީ އެދަފުތަރު އުވާލައި، އަލުން މިސްކިތްތަކުގެ މަސައްކަތު މީހުންގެ ދަފުތަރެއް އެކުލަވާލަން ބޭނުންވެއެވެ. މިދަފުތަރު ދެމިއޮންނާނި 01 ޑިސެމްބަރ 2021 ން ފެށިގެން 30 ނޮވެމްބަރ 2022ގެ ނިޔަލަށް ނިޔަލަށެވެ.
ވީމާ، ދަފުތަރުގައި ރަޖިސްޓަރީ ވެލެއްވުމަށް އެދިލައްވާ ފަތާތްތަކުން އެކަމަށް އެދި ކައުންސިލްގެ އިދާރާއަށް ހުށައެޅުއްވުން އެދެމެވެ.
މަޤާމު: |
މަސައްކަތު |
މުސާރަ: |
މަސައްކަތް ކުރާ ގަޑިއަކަށް -/45 ރުފިޔާ |
މަސައްކަތް ކުރަންޖެހޭ ތަން: |
ކޮޅުމަޑުލު ކިނބިދޫ ކައުންސިލް އިދާރާގެ މިސްކިތްތައް |
ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް: |
|
ފެންވަރު ނުވަތަ ޝަރުޠު: (ޝަރުޠު ފުރިހަމަ ވާމީހެއް ނަމަ) |
1- ލިޔަންކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލްކަން ހުރުން ނުވަތަ 2- މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލްކަން ހުރުމާއެކު، ސިވިލް ސަރވިސްގެ އެސް. އެސް 1 ރޭންކް ނުވަތަ އެއަށްވުރެ މަތީރޭންކެއްގައި މަސައްކަތްކޮށް ތަޖްރިބާ ލިބިފައިވުން |
ހުށަހަޅަންޖެހޭ ސުންގަޑި: |
29 ނޮވެމްބަރ 2021 ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރީން |
ހުށަހަޅަންޖެހޭ ލިއުންތައް: |
1- މިކަމަށް އެދި ހުށަހަޅާ ސިޓީ 2- އެދޭ ފަރާތުގެ އައިޑީ ކާޑްގެ ދެފުށުގެ ފޮޓޯ ކޮޕީ 3- ލިބިފައިވާ ތަޢްލީމީ ސެޓްފިކެޓްތަކުގެ އެކްރެޑިޓް ކޮށްފައިވާ ލިއުންތަކުގެ ކޮޕީ 4- ލިބިފައިވާ ތަޖްރިބާގެ ލިއުންތަކުގެ ކޮޕީ |
13 ރަބީޢުލްއާޚިރަ 1443
18 ނޮވެމްބަރ 2021