ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސް
ދިވެހިރާއްޖެ
"2021 ޔޫ.ޑަބްލިޔު.އީ.އީ ލޫވަރ އިންޓަރނޭޝަނަލް އާޓް އެގްޒިބިޝަން" ގައި ބައިވެރިވުމުގެ ފުރުޞަތު

ޗައިނާގެ ނޮން-ޕްރޮފިޓް ޕްރޮފެޝަނަލް އޯގަނައިޒޭޝަނެއް ކަމަށްވާ ޔޫނިއަން އޮފް ވެސްޓަރން އެންޑް އިސްޓަރން އެޑިއުކޭޝަން (ޔޫ.ޑަބްލިޔު.އީ.އީ) އިން އިންތިޒާމްކުރައްވައިގެން ފްރާންސްގެ ޕެރިހުގައި 23 ޑިސެންބަރ 2021 ގައި ބޭއްވުމަށް ހަމަޖެހިފައިވާ "2021 ޔޫ.ޑަބްލިޔު.އީ.އީ ލޫވަރ އިންޓަރނޭޝަނަލް އާޓް އެގްޒިބިޝަން" ގައި ރާއްޖޭގެ ފަރާތުން ބައިވެރިވުމުގެ ފުރުޞަތު ވަނީ ލިބިފައެވެ.

އެގޮތުން މިއަހަރުގެ އެގްޒިބިޝަންގެ ތީމަކީ "ވަން ވޯލްޑް – ވަން ފިއުޗަރ" ކަމަށް އެގްޒިބިޝަން އޯގަނައިޒްކުރައްވާ ފަރާތުން ވަނީ އަންގަވާފައެވެ. އެހެންކަމުން މި މިއެގްޒިބިޝަންގައި ބައިވެރިވެވަޑައިގަންނަވަން ބޭނުންފުޅުވާ ފަރާތްތަކުން 30 ނޮވެމްބަރު 2021 ގެ ކުރިން [email protected] އަށް އާޓް ވާރކް އީމެއިލް ކުރައްވާ އާޓް ވާރކް ގެ އަސްލު އެފަރާތަށް ފޮވުއްވުމުގެ އިންތިޒާމް ހަމަޖެއްސުމަށްވަނީ އަންގަވާފައެވެ. މިގޮތުން އާޓް ވާރކްގެ އަސްލު އެފަރާތަށް ފޮނުވުމަށް ހިނގާ ޚަރަދު ކުރައްވަން ޖެހިވަޑައިގަންނަވާނީ ބައިވެރިވާ ފަރާތަކުން އަމިއްލަ އަށެވެ. އަދި އެގްޒިބިޝަން ނިމުމުން އާޓް ވާރކް ޗެރިޓީއަށް ބޭނުންކުރުމަށް ހަމަޖެހިފައިވާތީ، އާޓް ވާރކްގެ އަސްލު އަނބުރާ ރައްދުނުކުރެވޭނެއެވެ. އެހެންނަމަވެސް އެދިވަޑައިގެންފިނަމަ، އާޓް ވާރކްގެ ކޮޕީއެއް ލިބޭނެ އިންތިޒާމް ހަމަޖައްސަވައިދެއްވާނެކަމަށް ވެސް ވަނީ އަންގަވާފައެވެ.

ވީމާ، މިއެގްޒިބިޝަންގައި ބައިވެރިވެލައްވަން ބޭނުންފުޅުވާ ފަރާތްތަކުން 28 ނޮވެމްބަރު 2021 ވަނަ ދުވަހުގެ 13:00 ގެ ކުރިން އެޕްލިކޭޝަން ފޯމް ފުރިހަމަކުރުމަށްފަހު މިސެންޓަރަށް ހުށަހެޅުއްވުމަށް ދަންނަވަމެވެ. މިއިޢުލާނާއިއެކު އެޕްލިކޭޝަން ފޯމް އަދި ކޮންސެޕްޓް ނޯޓް ހިމަނާލެވިފައިވާނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 3313456 ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ.

17 ނޮވެންބަރު 2021
ހޯދާ