މިލަންދޫ ސްކޫލް
ދިވެހިރާއްޖެ
2022 ވަނަ އަހަރު މިސްކޫލު ސެކިއުރިޓީ އައުޓް ސޯސްކުރުމާއިބެހޭ

         01 ޖެނުއަރީ 2022 ން 31 ޑިސެމްބަރ 2220 ށް މިސްކޫލުގެ ސެކިއުރިޓީ ބަލަހައްޓާދޭނެ ފަރާތެއް ހޯދުމަށް ބޭނުންވާތީ ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝައުޤުވެރިވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ. އަދި މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.

  1. މި މަސައްކަތަށް ކުރިމަތިލެވޭނީ، ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) އަދި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
  2. މިބީލަ ބައިވެރިވާން އެދޭ ފަރާތްތަކުން، 2021 ނޮވެންބަރު 17 އިން 2021 ނޮވެންބަރު 28 އަށް ބަންދުނޫން ކޮންމެ ދުވަހަކު 8:00 އިން 13:00 އަށް މިސްކޫލަށް ވަޑައިގެން ނުވަތަ ސްކޫލު މެއިލް [email protected]  އަށް މެއިލް ކުރައްވައި ނަންނޯޓް ކުރެއްވުމަށް ދަންނަވަމެވެ.ނަންނޯޓް ކުރެއްވުމަށް ވިޔަފާރި ރެޖިސްޓްރީ ނަންބަރު އަދި ކުރިމަތިލާފަރާތުގެ ފުރިހަމަ ނަމާއި ގުޅޭނެ ނަންބަރު ބޭނުންވާނެއެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.
  3. މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2021 ނޮވެންބަރު 28 ވާ އާދިއްތަ ދުވަހުގެ 13:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
  4. މިޕްރޮޖެކްޓާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން 2021 ނޮވެންބަރު 29 ވާ ހޯމަ ދުވަހުގެ 11:00 ގައި މިސްކޫލުގެ އޮފީހުގައި އޮންނާނެއެވެ
  5. .ބީލަން ހުށަހެޅުމާއި ހުޅުވުން އޮންނާނީ 2021 ޑިސެންބަރު 06 ވާ ހޯމަ ދުވަހުގެ 11:00 ގައި މިސްކޫލުގެ އޮފީހުގައެވެ.
  6. މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.
  7. ނަންނޯޓް ކުރުމާއި، އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
  8. މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީހިސާބު ހުށަހެޅުއްވަން ބަދަލުގައި މީހަކު ފޮނުއްވާނަމަ، ފޮނުއްވާ ފަރާތުގެ ސިޓީއާއި އައި.ޑީ ކާޑުގެ ކޮޕީ އަދި ބަދަލުގައި ފޮނުއްވާ ފަރާތުގެ އައި.ޑީ ކާޑު ކޮޕީ ހުށަހަޅުއްވަން ވާނެއެވެ.

 

 

17 ނޮވެންބަރު 2021
ހޯދާ