ދިވެހިރާއްޖެ
އިޢުލާން
ލޯގޯ ފަރުމާކުރުމުގެ މުބާރާތާއިގުޅޭ
މި ކައުންސިލުން އއ.މަތިވެރީގެ ލޯގޯ ފަރުމާކުރުމަށް މުބާރާތެއްގެ ގޮތުގައި މުޅި ރަށަށް ހުޅުވާލާކުރި ނަމްބަރު: (IUL)342/INDIV/2021/108 (10 އޮކްޓޫބަރު 2021) އިޢުލާނަށް އެކަށީގެންވާ ތަރުޙީބެއް ލިބިފައި ނުވާތީވެ، އެއިޢުލާން ބާޠިލްކޮށް އަލުން އެފުރުޞަތު ހުޅުވާލަމެވެ. މި މުބާރާތުގައި ބައިވެރިވެ އެންމެ ރަނގަޅު ލޯގޯއެއް ފަރުމާކޮށްގެން 1 ވަނައަށް ހޮވޭ ފަރާތަށް އިނާމެއްގެ ގޮތުގައި 1000ރ (އެއްހާސް ރުފިޔާ) ލިބޭނެއެވެ. މިމުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް މިއިޢުލާނާއެކީ ޢާންމުކުރީމެވެ. |
|
1. ފަރުމާކޮށްފައިވާ ލޯގޯ 30 ނޮވެންބަރު 2021 ދުވަހުގެ 13:00 ކުރިން ހުށަހަޅަންވާނެއެވެ. 2. ލޯގޯ ހުށަހަޅުއްވާނީ އީ-މެއިލް މެދުވެރިކޮށް [email protected] އަށެވެ. 3. އެންމެ ގިނަވެގެން ކޮންމެ ބައިވެރިއަކަށްވެސް ހުށަހެޅޭނީ 2 ލޯގޯއެވެ. 4. ލޯގޯ ހުށަހަޅާއިރު ފުރިހަމަކުރަންޖެހޭ ފޯމް ފުރިހަމަކޮށްފައި ހުށައަޅަންވާނެއެވެ. 5. ލޯގޯ ޕީ.އެން.ޖީ ފައިލާއެކު އެސް.ވީ.ޖީ، އީ.ޕީ.އެސް، ކޮރަލްޑްރޯ ނުވަތަ އެފަދަ އެހެން ސޮފްޓްވެއަރއަކުން ހަދާފައިވާ އޮރިޖިނަލް ވެކްޓަރ ފައިލް ހުށައަޅަންވާނެއެވެ. 6. ލޯގޯގައި ބޭނުންކުރާ ކުލަތަކުގެ ޕެންޓޯލް ނަންބަރު، ކުލަ ކޯޑް ޕީ.އެން.ޖީ ފައިލްގައި ހިމަނަންވާނެއެވެ. |
ލޯގޯ ހުށަހެޅުން
|
1. ލޯގޯއިން އަރިއަތޮޅު އުތުރުބުރީ މަތިވެރި ރަމްޒުކޮށްދިނުން، އަދި ރަށުގެ ތާރީޚާއި، ގުދުރަތީ ރީތިކަމާއި ސަގާފަތް ދައްކައިދިނުން 2. ރަސްމީކޮށް އަދި ނުރަސްމީކޮށް ބޭނުންކުރަމުންގެންދާ ލޯގޯތަކާ ތަފާތުވުން. 3. "ޗާލު މަތިވެރި" މި ޝިއާރަށް ބިނާކޮށް ލޯގޯ ފަރުމާކުރުން 4. ލޯގޯގައި މަދު ކުލަތަކެއް ބޭނުންކޮށްފައިވުން 5. އެމްބޯސްކުރަންޖެހޭ ހާލަތްތަކުގައި އެމްބޯސްކުރެވޭނެ ގޮތަށް ފަރުމާކޮށްފައިވުން. |
ލޯގޯފަރުމާކުރުމުގައި ސަމާލުކަންދޭންޖެހޭ ކަންތައްތައް:
|
ރަށުގެ އިދާރާތަކާއި ކްލަބް ޖަމިއްޔާތަކާއި ކައުންސިލް ޝާމިލްވާ ކޮމިޓީއަކުން، ލިބިފައިވާ ހުށައެޅުންތަކުން އެންމެ ރަނގަޅު ފަރުމާތައް ހޮވައި، އެ ފަރުމާތަކުން %70 ކޮމިޓީގެ ވޯޓް އަދި %30 ކައުންސިލްގެ ވައިބާ ކޮމިއުނިޓީ ގުރޫޕުގައި ނެގޭ ވޯޓް އިން އެންމެ މަތިން ލިބޭ ފަރުމާއެއް ހޮވުން |
ލޯގޯ ފާސްކުރުން |
މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި ޢިއުލާން ކުރީމެވެ.
11 ރަބީޢުލްއާޚިރު 1443
16 ނޮވެންބަރު 2021