މާޅޮސްމަޑުލު އުތުރުބުރީ ރަސްމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަސްމާދޫ ކައުންސިލް އިދާރާގެ ސެކިއުރިޓީ އޮފިސަރގެ މަޤާމްއަށް ކޮންޓްރެކްޓް އުޞޫލުން މަސައްކަތްކޮށްދޭނެ މުވައްޒަފަކު ހޯދަން ބޭނުންވެއްޖެއެވެ.

އިޢުލާން 

ރަސްމާދޫ ކައުންސިލް އިދާރާގެ ސެކިއުރިޓީ އޮފިސަރގެ މަޤާމްއަށް ކޮންޓްރެކްޓް އުޞޫލުން މަސައްކަތްކޮށްދޭނެ މުވައްޒަފަކު ހޯދަން  ބޭނުންވެއްޖެއެވެ.

 

މަޤާމް

ސެކިއުރިޓީ އޮފިސަރ

ބޭނުންވާ އަދަދު

01

މުއްދަތު

02 އަހަރު (ކޮންޓެކްޓް)

އަސާސީ މުސާރަ

-/3100 ރުފިޔާ

ސަރވިސް އެލަވަންސް

-/1000 ރުފިޔާ

ޑިއުޓީ އެލަވަންސް

-/1200 ރުފިޔާ

މަޤާމް އޮތް އޮފީސް

މާޅޮސްމަޑުލު އުތުރު ބުރީ ރަސްމާދޫ ކައުންސިލްގެ އިދާރާ

މަސައްކަތުގައި ހޭދަ ކުރަން ޖެހޭ ގަޑީއިރު:

ރަސްމީ ދުވަސްތަކުގައި މެންދުރުފަހު 14:00 އިންފެށިގެން ޖެހިގެން އަންނަ ދުވަހުގެ ހެނދުނު 8:00 އަށް އަދި ބަންދު ދުވަސްތަކުގައި 24 ގަޑިއިރު (ޝިފްޓް ޑިއުޓީ އުޞޫލުން ސެކިއުރިޓީ ބެލެހެއްޓުން)

ސެކްޝަން

މުނިސިޕަލް ސާރވިސް ސެކްޝަން

ވަޒީފާ އަދާކުރަންޖެހޭ ތަން

މާޅޮސްމަޑުލު އުތުރު ބުރީ ރަސްމާދޫ ކައުންސިލްގެ އިދާރާ / ރ. ރަސްމާދޫ

އެހެނިހެން އިނާޔަތްތައް

ހަމަޖެހިފައި އޮންނަ އުޞޫލުން ރަމަޟާން އިނާޔަތް ލިބޭނެ

މަޤާމުގެ އަސާސީ ޝަރުތު:

1- ލިޔަންކިޔަން އެނގުމާއި އެކު، މަޤާމުގެ މަސްޢޫލިއްޔަތު އަދާކުރެވޭފަދަ ސިއްޙަތެއްގައި ހުރުން.

3- އުމުރުން 18 އަހަރާއި 60 އަހަރާއި ދެމެދުގެ މީހަކު ކަމުގައިވުން.

 

މަޤާމުގެ މަސްއޫލިއްޔަތު:

1- ކައުންސިލް އިދާރާގެ ޢިމާރާތާއި، ގޯތިތެރެއާއި، ގޯތީގެ ބޭރުވަށާ މަގުތަކުގެ ސެކިއުރިޓީ ބެލެހެއްޓުން.

2- ސެކިއުރިޓީ ކުރުމަށް ހަމަޖެހިފައިވާ ގަޑިތަކުގައި ޤަވާއިދުން، ފަރުވާތެރިކަމާއި އެކު ޑިއުޓީ ކުރުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

1- އުމުރުން 18 އަހަރާއި 60 އަހަރާއި ދެމެދުގެ ފިރިހެނުންނަށް އިސްކަން ދެވޭނެ.

2- ޑިއުޓީގައި ގިނަ ވަގުތު ހޭލާ އުޅެވޭނެ ފަރާތްތަކަށްވުން.

 

އިންޓަރވިއު އޮންނާނެ ތަނާއި މުއްދަތު:

އިޢުލާނަށް މުއްދަތު ހަމަވާތާ މަސައްކަތުގެ 10 ދުވަހުގެ ތެރޭގައި މިމަޤާމަށް އެދިލައްވާ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ ފަރާތްތަކަށް ދެވޭ އިންޓަރވިއު އޮންނާނެ ތާރީޙާއި، ގަޑި އަދި އިންޓަރވިއު އޮންނާނެ ތަން 24 ގަޑިއިރު ކުރިން ކައުންސިލް އިދާރާއިން އަންގާނެއެވެ.

ހުށައަޅަން ޖެހޭ ލިޔުންތައް:

1- މައުލޫމާތު ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމް ( އެޕްލިކޭޝަން ފޯމް ރަސްމީ ގަޑީގައި ކައުންސިލް އިދާރާއިން ލިބެން ހުންނާނެއެވެ.)

2- ސިވިލް ސާރވިސްއަށް / ސަރުކާރަށް ޙިދުމަތް ކުރުމުގެ އެއްބަސްވުމެއް  އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.

3- ލިބިފައިވާ ހުރިހާ ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ

4- ފުރިހަމަކޮށްފައިވާ ކުރުމުއްދަތުގެ ކޯސްތަކާއި ތަމްރީނު ތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ

5- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން  ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ. (ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް ބަޔާންކޮށްފައިވާ)

6- ވަޒީފާއަށް އެދޭފަރާތުގެ މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީ

7- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު  (ގުޅޭނެ ނަންބަރާއި، އީމެއިލް އެޑްރެހާއި އެކު)

 

 

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

2021 ނޮވެމްބަރ 25 ވާ (ބުރާސްފަތި) ދުވަހުގެ 13:00 ގެ ކުރިން މާޅޮސްމަޑުލު އުތުރުބުރީ ރަސްމާދޫ ކައުންސިލްގެ އިދާރާއަށް ހުށައެޅުވުން އެދެމެވެ.

 އިތުރު މަޢުލޫމާތު ހޯދެއްވުމަށް ގުޅުއްވާނީ މި އިދާރާގެ ނަންބަރ:6580049 ފޯނާއެވެ.

ވީމާ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

16 ނޮވެމްބަރ 2021

16 ނޮވެންބަރު 2021
ހޯދާ