ދިވެހިރާއްޖެ
ބަނދަރު ބެލެހެއްޓުމާއި ބެހޭ ޢާންމުއުސޫލް އަށް 1 ވަނަ އިޞްލާޙު ގެނައުމުގެ އުސޫލް
2021 އޮކްޓޯބަރ 27 ވަނަ ދުވަހު އާއްމުކޮށްފައިވާ، ބަނދަރު ބެލެހެއްޓުމާއި ބެހޭ ނަންބަރު: (RUL)/342/2021/05 އާންމު އުސޫލް އަށް އަންނަނިވި އިޞްލާހުތައް ގެނައުން.
- ބުނެވިދިޔަ އުސޫލުގެ 16 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރު އަންނަނިވި ގޮތަށް އިޞްލާހުކުރުން.
(ހ) 1 |
ފުރަތަމަ ފަހަރު ހިލާފްވެއްޖެނަމަ، އެފަރާތަކަށް އަނގަބަހުން އެކަން އަނގާ އިސްލާހުކުރަން އެނގުން، އުޅަނދެއްނަމަ އެ އުޅަނދެއްގެ ވެރި ފަރާތް ނުވަތަ އެ އުޅަނދަކާއި ހަވާލުވެ ހުރި ފަރާތަކަށް އެނގުން އަދި އެމައުލޫމާތު މޯލްޑިވްސް ޕޮލިސް ސަރވިސްއަށް އެންގުން.
|
|
(ހ) 1 |
ފުރަތަމަ ފަހަރު ހިލާފްވެއްޖެނަމަ، އެފަރާތަކަށް އަނގަބަހުން އެކަން އަނގާ އިސްލާހުކުރަން އެނގުން، އުޅަނދެއްނަމަ އެ އުޅަނދެއްގެ ވެރި ފަރާތް ނުވަތަ އެ އުޅަނދަކާއި ހަވާލުވެ ހުރި ފަރާތަކަށް އެނގުން އަދި އެމައުލޫމާތު މޯލްޑިވްސް ޕޮލިސް ސަރވިސްއަށް އެންގުން. |
3. ބުނެވިދިޔަ އުސޫލުގެ 16 ވަނަ މާއްދާގެ (ށ) އުނިކުރުން.