ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

 

 

ފުޓްބޯޅަ އެސޯސިއޭސަން އޮފް މޯލްޑިވްސް

މާލެ

ދިވެހިރާއްޖެ

                                 

                                          އިއުލާން ނަންބަރު: FAM/IUL/2021/002

އިއުލާން

ވަޒީފާގެ ފުރުސަތު

މަޤާމް

އެޑްމިނިސްޓްރޭޓިވް އޮފިސަރ  

ބޭނުންވާ ޢަދަދު

1

މުސާރަ

6500.00 ރުފިޔާ

އެލަވަންސް

އެސޯސިއޭޝަންގެ ޤަވާޢިދުތަކާއި އެއްގޮތްވާގޮތުގެ މަތިން އިތުރު އެލަވަންސްތައް

އޮފީސް

ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް

ޑިޕާރޓްމަންޓް

ރެފްރީސް ޑިޕާރޓްމަންޓް  

މަޤާމުގެ ޝަރުތުތައް

  • އެޑްމިނިސްޓްރޭޝަން ދާއިރާއިން ޤައުމީ ސަނަދުތަކުގެ އޮނިގަޑު ލެވަލް 4 ސަނަދެއް އޮތުން ނުވަތަ،
  • މަތީ ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'އީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ހަޔަރ ސެކެންޑްރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން ނުވަތަ، 
  • ސާނަވީ އިމްތިޙާނުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއިއެކު، އޭގެ އިތުރުން ސެކެންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައި ވުން.
  • އެޑްމިނިސްޓްރޭޝަން ދާއިރާއިން ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
  • ކަންކަމުގައި އަމިއްލައަށް އިސްނަގައިގެން މަސައްކަތް ކުރެވޭނެ ފަރާތަކަށްވުން.
  • މައިކްރޮސޮފްޓް އޮފީސް ޕެކޭޖްތައް ރަނގަޅަށް ބޭނުން ކުރަން އެނގުން.

މަޤާމުގެ މަސްއޫލިއްޔަތު

  • އެފް އޭ އެމްއިން ރާވާ ހިންގާ އެކިއެކި ފުޓްބޯޅަ މުބާރާތްތަކުގައި މެޗް އޮފިޝަލުންނަށް ބޭނުންވާ ތަކެތި ޕްރޮކިއުމަންޓް ޑިޕާރޓްމަންޓާއި މަޝްވަރާކޮށްގެން ވީއެންމެ އަވަހަށް ހޯދުން
  • އެފް އޭ އެމް ރާވާ ހިންގާ އެކިއެކި ފުޓްބޯޅަ މުބާރާތް ތަކުގައި މެޗް އޮފިޝަލުންގެ ޝެޑިއުލް ތައްޔާރުކޮށް ފޮލޯއަޕް ހެދުން
  • ރާއްޖޭންބޭރުން އަންނަ މެޗް އޮފިޝަލުން ނަން ބޭނުންވާ ލޮޖިސްޓިކް ހުރިހާ ކަމެއް ހަމަޖެއްސުން
  • ރެފްރީސް ޑިޕާރޓްމަންޓް އިން ރާވާ ހިންގާ އެކިއެކި ކޯސްތަކަށް ހިންގުމަށް އެހީތެރިވުން.
  • ފީފާ އަދި އޭ އެފް ސީ އިން ފޮނުވާ މެއިލްތަކަށް އެއިރެއްގައި ޑިޕާރޓްމަންޓް ގެ ވެރިއެއްގެ ލާފާމަތިން ޖާވާބް ފޮނުވުން.
  • ލިބޭ ހުރިހާ ސިޓީތަށް ތަރުތީބުން ފައިލް ކުރުން. އަދި އެސިޓީ ތަކަށް ޖަވާބް ދިނުން (ދިވެހި ބަހުން އަދި އިނގިރޭސު ބަހުން)
  • ރެފްރީސް ޑިޕާރޓްމަންޓް އަށް ބޭނުންވާ ތަކެތި ހޯދުން
  • ރެފްރީސް އޮންލައިން އެޕޮއިންޓްމަންޓް ސިސްޓަމް އަޕްޑޭޓުކޮށް ބެލެހެއްޓުން
  • ރެފްރީންގެ ކްލެއިމް ފޯރމްތައް ތައްޔާރުކޮށް ފައިނޭންސަށް ހުށަހެޅުން
  • ޑިޕާޓްމަންޓްގެ ރިކޯޑްތައް ތައްޔާރުކޮށް، ރިކޯޑްތައް އެންމެ ފުރިހަމަކަމާއި އެކު އަޕްޑޭޓް ކޮށް ބެލެހެއްޓުން.
  • އެކި އެކި އޮފީސް ތަކުން ފޮނުވާ ސިޓީތަކަށް ޖަވާބު ތައްޔާރުކުރުމާއި އެސިޓީތައް ފައިލްކޮށް ރައްކާތެރިކަމާއި އެކު ބެލެހެއްޓުން.
  • ރެފްރީސް ޑިޕާރޓްމަންޓުން ހިންގާ ޖަލްސާތަކަށް ނުވަތަ ހަރަކާތްތައް ކަނޑައެޅިފައިވާ ދުވަސްތަކުގައި ހާޒިރުވުން
  • ރެފްރީސް ޓްރޭނިންގ ޕްރޮގްރާމްތަކުގެ ހާޒިރީ ބެލެހެއްޓުން
  • މީޓިންގތައް ކަނޑައެޅިފައިވާ ދުވަސްތަކުގައި ހާޒިރުވުން.
  • ސިއްރުތަކަށް ރައްކާތެރިވުމާއި، އިދާރީ އެއްވެސް މަޢުލޫމާތެއް ޙަވާލުވެހުރި ވެރިއެއްގެ ހުއްދަނެތި އެއްވެސް ފަރާތަކަށް ނުދިނުން.
  • އެކިއެކި ކަންކަމުގައި ޒިޔާރަތް ކުރައްވާ ފަރާތްތަކަށާއި ފޯނުންގުޅުއްވާ ފަރާތްތަކަށް މަޢުލޫމާތު އޮޅުންފިލުވައި ދިނުމާއި، އަދި އެފަރާތްތަކުން ހުށަހަޅުއްވާ ކަންކަން ކަމާބެހާ ވެރިއަކަށް އެންގުން.
  • މަތީގައިވާ ކަންތައްތަކުގެ އިތުރުން، އެސޯސިއޭޝަންގެ ރަސްމީ މަސައްކަތްތަކާ ގުޅޭގޮތުން ސްޕަވައިޒަރު ހަވާލުކުރާ އެންމެހައި މަސައްކަތްތައް ކުރުން.

ހުށަހަޅަންޖެހޭ ތަކެތި

  • މުއްދަތު ހަމަނުވާ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފު ކޮޕީ (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)
  • ވަޒީފާގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާ ކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓެވި ސްޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާ މެދު ދެކޭ ގޮތުގެ ލިޔުމެއް.
  • ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (އެކްރިޑިޓް ކޮށްފައިވާ ސަނަދާއި އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހާފައިވާ އަސްލު)
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)
  • ޕޮލިސް ރިޕޯރޓް.

ނޯޓް

  • އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
  • އިޢުލާނުގައި ބަޔާން ކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަން ޖެހޭނެއެވެ.
  • އިޢުލާނުގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ފުރިހަމަ ނުވާ އެޕްލިކޭޝަންތައް ބާޠިލުވާނެއެވެ.
  • އިންޓަރވިޔު ކުރެވޭނީ އިޢުލާނުގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠު ހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
  • މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ފޯނުން ގުޅާނީ، އިންޓަވިއުކޮށް ނިމުމަށް ފަހުގައެވެ. މިމަޤާމަށް ހޮވޭ މުވައްޒަފަކު މަސައްކަތް ކުރައްވަން ޖެހިވަޑައިގަންނަވާނީ 09:00 އިން 16:00 އަށެވެ.

ސިޓީ ފޮނުވަންވީ ތާރީޚް

25 ނޮވެމްބަރ 2021 މެންދުރު 12:00 ގެ ކުރިން، ހުރިހާ ޑޮކިއުމަންޓެއް ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އީމެއިލް ކޮށްދެއްވުން އެދެމެވެ. އީމެއިލް: [email protected]

އިތުރު މަޢުލޫމާތު

މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 9500112 ނަންބަރު ފޯނާއެވެ.

މި މަޤާމަށް ހޮވޭ ކެންޑިޑޭޓަކު ވަޒީފާއަށް ނުކުންނަ ތާރީޚުން ފެށިގެން ފުރަތަމަ 3 މަސްދުވަސް ބެލެވޭނީ، ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގެ ގޮތުގައެވެ. މި މުއްދަތުގެ ތެރޭގައި މުވައްޒަފުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތްތަކުގެ އަޚުލާޤަށް ބަލައި،  އެއްވެސް ނޯޓިހެއް ދިނުމަކާނުލައި، ވަޒީފާގެ އެއްބަސްވުން އުވާލައި، މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ އިޚުތިޔާރު އެސޯސިއޭޝަނަށް ލިބިގެންވެއެވެ.

16 ނޮވެމްބަރ 2021

11 ރަބީއުލްއާހިރު 1443

 

16 ނޮވެންބަރު 2021
ހޯދާ