ދިވެހިރާއްޖެ
ރ. އަނގޮޅިތީމު ބޯފެންވަޅު މަރާމާތުކުރުން
ރ. އަނގޮޅިތީމުގެ އާސާރީ އެއް ތަރިކަ ކަމުގައިވާ " ބޯފެންވަޅު " މި ކައުންސިލުން ފޯރުކޮށްދޭ މައުލޫމާތާއި އެއްގޮތަށް އަމިއްލަ ތަކެތީގައި މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު (IUL)301-PJ/301/2021/104 21 އޮކްޓޯބަރ 2021 ޢިއުލާނަށް އިޖާބަދީ ހުށަހަޅާފައިވާ ބިޑްތަކުގެ އަގު ބޮޑުވުމުގެ ސަބަބުން އެ އިޢުލާން ބާތިލްކޮށް ރ. އަނގޮޅިތީމުގެ އާސާރީ އެއް ތަރިކަ ކަމުގައިވާ " ބޯފެންވަޅު " މި ކައުންސިލުން ފޯރުކޮށްދޭ މައުލޫމާތާއި އެއްގޮތަށް އަމިއްލަ ތަކެތީގައި މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދުމަށް ދެވަނަ ފަހަރަށް އިޢުލާން ކުރަމެވެ.
ވީމާ، މި މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 23 ނޮވެމްބަރ 2021 ވާ އަންގާރަ ދުވަހުގެ 12:00ގެ ކުރިން ކައުންސިލް އިދާރާއަށް ދުރުވެ ރެޖިސްޓްރޭޝަން ޝީޓް ފުރުއްވުމުން މަސައްކަތުގެ މައުލޫމާތު ފޮތް ގަންނަން ލިބޭނެއެވެ. ފޮތެއްގެ އަގަކީ -/30ރުފިޔާ (ތިރީސްރުފިޔާ) އެވެ. މައުލޫމާތު ދިނުމުގެ ސެޝަން އޮންނާނީ 23 ނޮވެމްބަރ 2021 ވާ އަންގާރަ ދުވަހުގެ 13:30ހުގައެވެ. އަދި ބިޑް ހުށަހެޅުން އޮންނާނީ 30 ނޮވެމްބަރ 2021 ވާ އަންގާރަ ދުވަހުގެ 13:30ގައެވެ. މައުލޫމާތު ދިނުމާއި ބިޑްހުށަހެޅުން އޮންނާނީ ކައުންސިލް އިދާރާގެ ކޮންފަރެންސް ރޫމްގައެވެ.
މި މަސައްކަތަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލެވިފައިވަނީ ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގޭ ވިޔަފާރިތަކަށެވެ. މިކަމަށް އެދި ހުށަހަޅާ އަންދާސީ ހިސާބުތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި "ރ. އަނގޮޅިތީމު ބޯފެންވަޅު މަރާމާތުކުރުން" މިހެން ލިޔެފައި އޮންނަންވާނެއެވެ. އަދި އަންދާސީ ހިސާބު ހުށަހަޅާނީ އެކަމަށް ތައްޔާރުކުރެވިފައިވާ ފޯމުގައެވެ. މުއްދަތު ހަމަވުމަށްފަހު ހުށަހަޅާ ފޯމާއި، ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކުން ހުށަހަޅާ ބީލަން ޤަބޫލުނުކުރެވޭނެ ވާހަކަ ދަންނަވަމެވެ.
އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި މީހަކު ފޮނުއްވާނަމަ، ވެރިފަރާތުގެ ސިޓީއެއް އަދި ބަދަލުގައި ވަޑައިގަންނަވާ ފަރާތުގެ އައި.ޑީ ކާޑު ހުށަހަޅަންވާނެއެވެ. މިކަމަށް އެދި ހުށަހަޅާ އަންދާސީ ހިސާބުތައް ކެނޑުމަށް ހަމަޖެހިފައިވަނީ އަންދާސީ ހިސާބު ހުށަހަޅާ ފަރާތްތަކުގެ ހާޒިރުގައެވެ.
މަސައްކަތް ހަވާލުކުރުމުގައި ބެލޭނެ މިންގަނޑުތައް.
- އަގު %90
- މުއްދަތު
- ތަޖްރިބާ
ވީމާ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
ނޯޓް: މި އިދާރާގެ ނަންބަރު : (IUL)301-PJ/301/2021/104އިއުލާނަށް އިޖާބަދީ ފޮތް ގަނެފައިވާ ފަރާތްތަކުން އަލުން ފޮތް ގަންނާކަށް ނުޖެހޭނެއެވެ. އެހެންނަމަވެސް ބިޑް ހުށަހެޅޭނީ ރަޖިސްޓްރީ ކޮށްގެންނެވެ.