ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
އޮޕަރޭޝަން ތިއޭޓަރ ގައި ލެޑް ލެޑް ޖެހުމާއި، އެކަމާއިގުޅޭ އެންމެހާ މަސައްކަތް ކޮށްދޭނޭފަރާތެއް ހޯދަން

މި ހޮސްޕިޓަލްގެ 1 (އެއް) އޮޕަރޭޝަން ތިއޭޓަރ ކަށީގެ އޮޕަރޭޝަންތަކައް ޚާއްސަ ކުރަން ބޭނުންވާތީ އެ ތިއޭޓަރގައި ލެޑް ޖެހުމާއި، އެކަމާއިގުޅޭ އެންމެހާ މަސައްކަތް ކޮށްދޭނޭފަރާތެއް ހޯދަން ބޭނުން ވެއެވެ.

ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން ގެޒެޓްކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް ފުރުއްވުމަށްފަހު 15 ނޮވެންބަރު 2021 ވާ ހޯމަ ދުވަހުން ފެށިގެން 24 ނޮވެންބަރު 2021 ވާ ބުދަ ދުވަހުގެ 13:30 ގެ ކުރިން [email protected] އަށް އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ. މި އިއުލާނާއި ގުޅޭ މައުލޫމާތު ކަރުދާހުގެ ސޮފްޓް ފައިލް ރަޖިސްޓަރ ކުރައްވާ ފަރާތްތަކަށް އީ މެއިލް މެދުވެރިކޮށް ފޮނުވައިދެވޭނެއެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 05 ޑިސެންބަރު 2021 ވާ އާދީއްތަ ދުވަހު 10:30  ގައި މި ހޮސްޕިޓަލް މީޓިންގރޫމް ގައެވެ.

 

މި އިއުލާނާއި ގުޅޭ އެއްވެސް މައުލުމާތެއް ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 28 ނޮވެންބަރު 2021 ވާ އާދީއްތަ ދުވަހުގެ 11:00 ގެ ކުރިން [email protected] އަށް މެއިލް ކޮށްދެއްވުން އެދެމެވެ. ރަޖިސްޓްރީ ކުރައްވާފައިނުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަވެސް މަޢުލޫމާތަށްޓަކައި ދަންނަވަމެވެ. 

15 ނޮވެންބަރު 2021
ހޯދާ