ސެންޓަރ ފޮރ ފައުންޑޭޝަން ސްޓަޑީޒް، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ސަބްޖެކްޓްއައުޓްލައިން ލިޔާނެ ފަރާތެއް ހޯދުމާއިބެހޭ

ސަބްޖެކްޓްއައުޓްލައިން ލިޔާނެ ފަރާތެއް ހޯދުމާއިބެހޭ

މިސެންޓަރުގައި މިހާރު ކިޔަވައިދެމުންދާ މާއްދާތަކުގެ ތެރެއިން ތިރީގައިވާ މާއްދާތަކުގެ ސަބްޖެކްޓް އައުޓްލައިން ލިޔުމަށް ބޭނުންވެއެވެ. ވީމާ އައުޓްލައިން ލިޔުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މިކަމުގެ ފުރުސަތު ހުޅުވާލަމެވެ.

  • ކޮމްޕިއުޓަރ ސައިންސް 1
  • ކޮމްޕިއުޓަރ ސައިންސް 2
  • އިންޓްރޮޑަކްޝަން ޓު ކޮމްޕިއުޓިންގ

އުޖޫރަ: މާއްދާއަކަށް /7500ރ

ޝަރުތު:  މިދާއިރާއިން މާސްޓަރ ޑިގްރީ ނުވަތަ ބެޗެލަރސް ޑިގްރީ ހާސިލުކޮށްފައިވުމާއިއެކު ފަރާތެއްކަމުގައިވުން.

 

އަދި މިސެންޓަރުން އަލަށް ފަށަން ގަސްތުކުރާ "C4 Foundation in Engineering" ކޯހަށް ތިރީގައިވާ މާއްދާގެ ސަބްޖެކްޓް އައުޓްލައިން ތައްޔާރުކުރަން ބޭނުންވެއެވެ.

  • ޕްރިންސިޕަލް އޮފް އިންޖީނިއަރިންގ

  ވީމާ އައުޓްލައިން ލިޔުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މިކަމުގެ ފުރުސަތު ހުޅުވާލަމެވެ.

އުޖޫރަ: މާއްދާއަކަށް /7500ރ

ޝަރުތު:  މިދާއިރާއިން މާސްޓަރ ޑިގްރީ ނުވަތަ ބެޗެލަރސް ޑިގްރީ ހާސިލުކޮށްފައިވުމާއިއެކު ފަރާތެއްކަމުގައިވުން

 

ވީމާ މިމަސައްކަތް ކޮށްދެއްވަން ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2021 ނޮވެމްބަރ 22 ވާ ހޯމަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން، ޝައުޤުވެރިކަން ފާޅުކުރައްވާ، ގުޅޭނެ ފޯނު ނަންބަރާއި، އީ-މެއިލް އެޑްރެހާއެކު [email protected] އަށް މެއިލްކުރެއްވުން އެދެމެވެ. އަދި 2021 ނޮވެމްބަރ 24 ވާ ބުދަ ދުވަހުގެ ހެނދުނު 11:00 ގައި "ގޫގްލް މީޓް" މެދިވެރިކޮށް އޮންލައިންކޮށް ބާއްވާ މަޢުލޫމާތު ދިނުމުގެ ސެޝަނުގައި ބައިވެރިވެ، މަޢުލޫމާތު ސާފުކުރެއްވުމަށް ފަހު 2021 ނޮވެމްބަރ 29 ވާ ހޯމަ ދުވަހުގެ ހެނދުނު 12:00 އަށް މި ފެކަލްޓީއަށް އަންދާސީ ހިސާބާއިއެކު ޕްރޮޕޯސަލް ހުށައެޅުއްވުން އެދެމެވެ. މަޢުލޫމާތު ސެޝަނަށް ހާޟިރުނުވެ ފަހުން މަޢުލޫމާތު ގެންދަވާ ފަރާތްތަކަށް ވެސް ޕްރޮޕޯސަލް ހުށައެޅުމުގެ ފުރުސަތު ދެވޭނެއެވެ. ނަމަވެސް  އަންދާސީ ހިސާބު ބަލައިގަނެވޭނީ އެކަމަށް ކަނޑައެޅިފައިވާ ގަޑީގައި ކަމުގައި ދަންނަވަމެވެ.

 

 

15 ނޮވެންބަރު 2021
ހޯދާ