ލޭބަރ ރިލޭޝަންސް އޮތޯރިޓީ
ދިވެހިރާއްޖެ
އޮފީސް ފޮޅާ ސާފުކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

މި އޮތޯރިޓީ ހިންގަމުންދާ ޢިމާރާތް، ކޮންޓްރެކްޓް އުސޫލުން ފޮޅާ ސާފުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ވީމާ، މިއޮތޯރިޓީން ދޭ މަޢުލޫމާތާ އެއްގޮތަށް އަމިއްލަތަކެއްޗާއި ވަޞީލަތް ބޭނުންކޮށްގެން މިމަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން، ތިރީގައިވާ ދުވަސްތަކުގައި، ލޭބަރ ރިލޭޝަންސް އޮތޯރިޓީ އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހުު، މިއޮތޯރިޓީން ދޭ މަޢުލޫމާތާ އެއްގޮތަށް ބީލަން ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުން

21 ނޮވެމްބަރު 2021

10:00 (ހެނދުނު)

ލޭބަރ ރިލޭޝަންސް އޮތޯރިޓީ (މއ.ކަނޑުބަލާގެ، ފުރަތަމަ ފަންގިފިލާ ،ބުރުޒުމަގު)

ބީލަން ހުށަހެޅުން

25 ނޮވެމްބަރު 2021

10:00 (ހެނދުނު)

ލޭބަރ ރިލޭޝަންސް އޮތޯރިޓީ (މއ.ކަނޑުބަލާގެ، ފުރަތަމަ ފަންގިފިލާ ،ބުރުޒުމަގު)

 

  • 25 ނޮވެމްބަރު 2021 ގެ ހެދުނު 10:00 ގެ ފަހުން ހުށަހެޅޭ އެއްވެސް ބީލަމެއް ބަލައި ނުގަނެވޭނެއެވެ.
  • ބީލަން ހުންނަންވާނީ ބަންދުކޮށްފައިވާ ސިޓީއުރައިގައެވެ.
  • ބީލަން ހުށަހަޅާއިރު، މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ދޫކުރާ މަޢުލޫމާތު ކަރުދާހުގަ ބުނެފައިވާ، ހުރިހާ މަޢުލޫމާތެއް ފުރިހަމަ ކުރަންވާނެއެވެ.

އިތުރު މަޢުލޫމާތު:

  • އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3328282 ނުވަތަ 3324545  މިއިން ފޯނު ނަންބަރަކަށް ގުޅުއްވުން އެދެމެވެ.

އީމެއިލް އެޑްރެސް: [email protected]

14 ނޮވެންބަރު 2021
ހޯދާ