ދިވެހިރާއްޖެ
މި އިޢުލާންވަނީ 23 ނޮވެންބަރު 2021 17:21 ގައި ބާތިލް ކުރެވިފައެވެ.
އައްޑޫ ސިޓީގައި ހުންނަ މި އޮފީހުގެ ދެކުނު ސަރަޙައްދީ އޮފީހުގައި ތިރީގައި މިދަންނަވާ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.
- އޮފީސް އިމާރާތުގެ ބޭރުގައި އަދި ވަށާފާރުތަކުގައި ކުލަލުން.
- އޮފީހުގެ 3 ދިދަ ދަނޑީގައި ކުލަލުން.
- އޮފީހުގެ އެކޮމޮޑޭޝަން ބްލޮކަށް ބޭރުން ވަދެވޭގޮތަށް ހުރި ދޮރު ހަލާކުވެފައިވާތީ ދޮރު ބަދަލުކުރުން.
- އޮފިހުގެ ހުޅަނގު ފަރާތުން ވަދެވޭ ގޮތަށް ހުރި ދޮރު ހަލާކުވެފައިވާތީ ދޮރު ބަދަލުކުރުން.
- އޮފީހުގެ ސްޓޯރ ރޫމުގެ ފުރާޅުގެ ދިޔަދޮވި ހަރުކޮށްފައިވާ ނަލަފިލާ ފީވެފައިވާތީ ފިލާ ބަދަލުކުރުމާއި އަދި ދިޔަދޮވިން ފައިބާ ފެން އޮފީހުގެ ގޯތިތެރެއަށް ފައިބާނެ ގޮތަށް ހެދުން.
- އޮފީހުގައި ކުރިން ޖަންކްޝަންގެ ގޮތުގައި ބޭނުންކުރަމުން އައި 4.5 ފޫޓުގެ 4 ޖަންކްޝަން ވަޅާއި 2.5 ފޫޓުގެ 1 ޖަންކްޝަން ވަޅު ނަގައި އެތަނަށް ވެލި އެޅުން.
ނޯޓް: ކުލަ ލާންޖެހޭ ފާރުތަކުގެ މިން ކަށަވަރުކުރާނީ މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގެން މަޢުލޫމާތު ސާފުކުރައްވާ ފަރާތުންނެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2021 ނޮވެމްބަރ 21 ވާ އާދިއްތަ ދުވަހުގެ 11:00 އަށް އައްޑޫ ސިޓީ ހިތަދޫގައި ހުންނަ މި އޮފީހުގެ އިމާރާތަށް ވަޑައިގެން މަޢުލޫމާތު އޮޅުންފިލުވުމަށްފަހު، އަންދާސީ ހިސާބު ހުށަހެޅުއްވުމަށް 2021 ނޮވެމްބަރ 25 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް އައްޑޫ ސިޓީ ހިތަދޫގައި ހުންނަ މި އޮފީހުގެ އިމާރާތަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު އޮޅުންފިލުއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. އަދި 11:00 ގެ ފަހުން މިކަމާ ގުޅޭ މަޢުލޫމާތު ހޯދުމަށް ހާޒިރުވާ ފަރާތްތަކާއި އަންދާސީ ހިސާބު ހުށަހެޅުމަށް ހާޒިރުވާ ފަރާތްތައް ހޯލަށް ނުވެއްދޭނެ ވާހަކަވެސް ދެންނެވީމެވެ.