ދިވެހިރާއްޖެ
04 ޖުލައި 2021 ގައި ކުރެވުނު (IUL)LHAH-AH/LHAH/2021/20 އިޢުލާނާއި ގުޅިގެން ބިޑް ހުށަހެޅުއްވި ފަރާތްތަކުން ބީލަމާއިއެކު ހުށަހެޅުއްވި ޑޮކިޔުމަންޓްސް ފުރިހަމަނުވާތީ މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވޭ 3 ވަނަ އިއުލާން
ޅ. އަތޮޅު ހޮސްޕިޓަލްގައި ޕީ ސީ އާރު ލެބް ޤާއިމްކުރުމަށްޓަކައި، މިހޮސްޕިޓަލުން ދޭ ކުރެހުމާއި މަޢްލޫމާތާއި އެއްގޮތަށް ޢިމާރާތަށް ގެންނަންޖެހޭ ބަދަލްތައްގެނައުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
ވީމާ މިމަސައްކަތަށް ޝަވްޤުވެރިވާ ފަރާތްތަކުން 14 ނޮވެމްބަރ 2021 ވާ އާދީއްތަ ދުވަހުން ފެށިގެން 18 ނޮވެމްބަރ 2021 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން ރެޖިސްޓަރީ ކުރުމަށްޓަކައި ، މިއިޢުލާނާއިއެކު ގެޒެޓްކުރެވިފައިވާ ރަޖިސްޓަރީ ފޯމް ފުރިހަމަކުރައްވާ މިހޮސްޕިޓަލްގެ މެއިލް [email protected] އަށް ، އީ މެއިލް ކުރެއްވުން އެދެމެވެ.
މި އިޢުލާނާއި ގުޅޭ މައްލޫމާތު ކަރުދާސް ރަޖިސްޓްރޭޝަން ފޯމް އަދި ބިޑް ޑޮކިޔުމަންޓްސް އެޓޭޗްމަންޓްގައި ގެޒެޓްގައި ޝާއިޢުކުރެވިފައިވާނެއެވެ.
މި އިޢުލާނާއި ގުޅޭ އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 24 ނޮވެމްބަރ 2021 ވާ ބުދަ ދުވަހުގެ 13:00 ގައި ޅ. އަތޮޅު ހޮސްޕިޓަލްގައެވެ.
މި އިޢުލާނާއި ގުޅޭގޮތުން އެއްވެސް މަޢްލޫމާތެއް ސާފްކުރެއްވުމަށް ބޭނުންފުޅުވާނަމަ 21 ނޮވެމްބަރ 2021 ވާ އާދިއްތަ ދުވަހުގެ 13:00 ގެ ކުރިން [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ. އަދި ރަޖިސްޓަރީ ކުރުމަށްއެދި ހުށަހަޅުއްވާފައި ނުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަ މަޢްލޫމާތަށްޓަކައި ދަންނަވަމެވެ. އިތުރު މަޢްލޫމާތު ސާފްކުރެއްވުމަށް ރަސްމީގަޑީގައި 6620151 އަށް ގުޅުއްވުން އެދެމެވެ.