މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ޖޫނިއަރ އެގްޒެކްޓިވް

ނަމްބަރ : 30/KFC/HR/2021

 

ވަޒީފާގެ ފުރުޞަތު


މި ކުންފުނީގެ ތިރީގައިމިވާ މަޤާމަށް މީހުން ހޯދަން ބޭނުންވެއެވެ.

މަޤާމު

ޖޫނިއަރ އެގްޒެކްޓިވް

ބޭނުންވާ ޢަދަދު

 1( އެކެއް )

ވަޒީފާގެ ބާވަތް

 ވަގުތީ ( ކޮންޓްރެކްޓް 01 އަހަރު ދުވަސް )

ވަޒީފާ އަދާކުރަންޖެހޭ ތަން:

އެޗް.އާރ އެންޑް އެޑްމިނިސްޓްރޭޝަން / ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސް

މުސާރަ:

9,040.00 ( ނުވަހާސް ސާޅިސް ) ރުފިޔާ

އިތުރު ޢިނާޔަތްތައް:

އިތުރުގަޑި އަދި ބަންދު ދުވަސްތަކުގައި މަސައްކަތް ކުރާނަމަ، އިތުރުގަޑިއާއި ބަންދުދުވަސް ތަކުގެ ފައިސާ ޤަވާޢިދުގައިވާ ގޮތުގެމަތިން ލިބިދެވޭނެއެވެ.

ޝަރުޠު:

މަޤާމާ ގުޅޭ މަސައްކަތުގެ ދާއިރާއެއްގައި 3 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުމާއެކު ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ މީހެއް ކަމުގައިވުން.

މަޤާމުގެ މަސްޢޫލިއްޔަތު:

  • ކޫއްޑޫ ފިޝަރީޒު ކޮމްޕްލެކްސްއިން ރަށްރަށުގެ މުވައްސަސާތަކަށާއި އަމިއްލަ ފަރުދުންނަށް ފޮނުވަންޖެހޭ ސިޓީތަކާއި އަންގަންޖެހޭ އެންގުންތައް އެޗް އާރް ހެޑްގެ ލަފާގެމަތިން އެންގުން އަދި މުވައްޒަފުންނަށާއި ޑިޕާރޓުމެން / ސެކުޝަންތަކަށް ފޮނުވަންޖެހޭ މެމޯތަކާއި އަންގަންޖެހޭ އެންގުމާއި ދެންނެވުމާއި ޢިއުލާންތަށް ލިޔެތައްޔާރުކުރުމާއިއެކު ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.
  • ސީނިއަރ އަދި ޖޫނިއަރ މުވައްޒަފަކު ރެކްރޫޓް ކުރުމުން ނުވަތަ ރީލޮކޭޓް ކުރުމުން އެމުވައްޒަފަކު މަސައްކަތަށް ނިކުތުމުގެ ކުރިން އޭނާއަށް ލިބިދޭންޖެހޭ ފެސިލިޓީތައް، ފޯރުކޮށްދޭންޖެހޭ އެކަމާބެހޭ ޑިޕާރޓްމަންޓްތަކުން ހަމަޖެއްސުމަށް އަންގާ، އެ މުވައްޒަފަކު ނިކުތުމުގެކުރިން އެތަކެތި ހަމަޖެހިފައިވޭތޯ ބެލުން. (މީގެތެރޭގައި ގޮނޑި، މޭޒު، ކޮމްޕިއުޓަރ، ފޯން އަދި ސްޓޭޝަނަރީ ފަދަ ތަކެތި ހިމެނެއެވެ.)
  • ކޫއްޑް ސެންޓަރުގައި ކުންފުނީގެ ފަރާތުން ބާއްވާ އެކިއެކި ހަފްލާތައް ރާވާ ހިންގުން.
  • ކޭ އެފް ސީގެ ޑިޕާރޓުމެނޓް / ސެކްޝަންތަކުގެ އޯޓީ އަދި ހޮލިޑޭ ޕްލޭން، ބަލައިގަތުމާއިއެކު އެޕްރޫވަލް ހެދިފައިވޭތޯ ބަލައި ޗެކްކުރުން
  • ކޭ އެފް ސީގެ ޑިޕާރޓުމެނޓް / ސެކްޝަންތަކުގެ އޯޓީ އަދި ހޮލިޑޭ ޕްލޭން، ބަލައިގަތުމާއިއެކު އެޕްރޫވަލް ހެދިފައިވޭތޯ ބަލައި ޗެކްކުރުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް:

ހ. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

ށ. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކުރުން.

އިންޓަރވިއުކުރުން:

އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތަކާއިއެވެ.

ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:

ހ- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ މުއްދަތު ހަމަނުވާ ސާފު ކޮޕީ (ދެފުށް ފެންނާނޭހެން).

ށ. ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔެކިޔުންތަކާއި އަދި މަސައްކަތުގެ ތަޖްރިބާ ދެނެގަތުމަށް މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

ނ- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯންނަމްބަރާއި އަދި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

ރ- ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ.

ބ- ޕޮލިސްރިޕޯޓް (ވަޒީފާއަށް ހޮވުނުކަން އެންގުމުން).

ތަކެތި ހުށަހަޅަންޖެހޭ އޮފީސް:

  • އެޕްލިކޭޝަން ހުށަހަޅާނީ ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސްގެ ހިއުމަން ރިސޯސް ޑިޕާޓްމެންޓަށެވެ.
  • އީމެއިލް ކުރައްވާނީ  [email protected]އަށެވެ.
  • ވަޒީފާއަށް އެދޭ ލިޔުންތައް ހުށަހަޅަންޖެހޭ ސުންގަޑިއަކީ 20 ނޮވެމްބަރ 2021 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 14:00 އެވެ.
  • މިމަޤާމަށް ޝަރުތު ފުރިހަމަނުވާ ފަރާތްތަކުގެ ފޯމުތަކާއި ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަނުވާ ފޯމުތައް ބާތިލްކުރެވޭނެއެވެ.
 

ނޯޓް: މިއިޢުލާނާ ގުޅިގެން މިމަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠުހަމަވާ ފަރާތްތައް އިންޓަރވިއުކުރުމަށްފަހު އެންމެ މަތީމާކުސް ލިބޭ އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މިވަޒީފާ ހަމަޖައްސައިދެވޭނެއެވެ. އަދި މިމަޤާމަށް ހޮވޭ ފަރާތަށް މަސައްކަތާއި ގުޅުންހުރި މަޢުލޫމާތާއި ޓްރެއިނިންގ އަދި  އޮރިއެންޓޭޝަން ދިނުން އޮންނާނީ ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސް. ގއ. ކޫއްޑޫގައެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ހޯއްދެވުމަށް 7787186/7943030 ފޯނަށް ގުޅުއްވުން އެދެމެވެ.

14 ނޮވެންބަރު 2021
ހޯދާ