އއ. އަތޮޅު މަދަރުސާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ސެކިއުރިޓީ ބެލެހެއްޓުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއްހޯދުމަށް ބޭނުންވެއްޖެ
ބީލަން ހުށަހެޅުމުގެ ދަޢުވަތު
ސެކިއުރިޓީ ބެލެހެއްޓުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއްހޯދުމަށް ބޭނުންވެއްޖެ
- ސެކިއުރިޓީ ބެލެހެއްޓުމުގެ މަސައްކަތް ކޮށްދިނުމަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފާރަތްތަކުގައި ހުންނަންޖެހޭ ޝަރުތުތަކާއި މަސައްކަތުގެ ތަފްސީލު ބީލަންފޮތުގައި ބަޔާންކުރެވިފައި ވާނެއެވެ.
- މިޕްރޮޖެކްޓްގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2021 ނޮވެމްބަރ 15 އިން 2021 ނޮވެމްބަރ 21އަށް ބަންދުނޫން ދުވަސްތަކުގެ 8:00 އިން 12:00އަށް މި މަދަރުސާގެ އިދާރާއަށް ވަޑައިގެން ނަންނޯޓް ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށައެޅޭނީ މިމުއްދަތުގައި ނަންނޯޓް ކުރައްވާ ފަރާތްތަކަށެވެ.
- މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2021 ނޮވެމްބަރ 21 ވަނަ ދުވަހުގެ 12:00ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
- ބިޑް ހުށަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ 2021 ނޮވެމްބަރ 30 ވަނަ ދުވަހުގެ 13:00 ގައި އއ. އަތޮޅު މަދަރުސާ ގައެވެ.
- މިމަސައްކަތަށް ބިޑް ސެކިއުރިޓީ ހުށައަޅާކަށް ނުޖެހެ އެވެ.
- މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.
- ނަންނޯޓް ކުރުމާއި، އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
އއ. އަތޮޅު މަދަރުސާގެ އިދާރާ
އއ. އަތޮޅު މަދަރުސާ
އަހުމަދީ މަގު، އއ. ފެރިދޫ، ދިވެހިރާއްޖެ.
ފޯން: 6660023 ، 7996361
އީ-މެއިލް: [email protected]
09 ރަބީޢުލްއާޚިރު 1443
14 ނޮވެމްބަރ 2021
14 ނޮވެންބަރު 2021
ހޯދާ