ނޭޝަނަލް ޑްރަގް އޭޖެންސީ
ދިވެހިރާއްޖެ
އާފްޓަރކެއަރ ކޯރޑިނޭޓަރ (ކޮންޓްރެކްޓް / ޑްރަގް ޑިޓޮކްސިފިކޭޝަން އެންޑް ކޮމިއުނިޓީ ރިހެބިލިޓޭޝަން ސެންޓަރ، ސ.ހިތަދޫ)

މަޤާމް :އާފްޓަރކެއަރ ކޯރޑިނޭޓަރ (ކޮންޓްރެކްޓް)
ބޭނުންވާ އަދަދު :1

އިޢުލާނު

 

މަޤާމު:

އާފްޓާރކެއަރ ކޯޑިނޭޓަރ 

ބޭނުންވާ އަދަދު:

01 (އެކެއް)

މަޤާމުގެ ގިންތި:

ކޮންޓްރެކްޓް 1 އަހަރު

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ނޭޝަނަލް ޑްރަގް އޭޖެންސީ، ސ.ހިތަދޫ / ޑްރަގް ޑިޓޮކްސިފިކޭޝަން އެންޑް ކޮމިއުނިޓީ ރިހެބިލިޓޭޝަން ސެންޓަރ

މުސާރަ:

މަހަކު -/10000ރުފިޔާ

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ކުންފުނިތަކާއި ގުޅައިގެން ވަޒީފާގެ ފުރުޞަތުތައް ހޯދުމާއި އަދި ހޯދުމަށް  ކުރަންޖެހޭ އެންމެހައި މުޢާމަލާތުކުރުން.
  2. މިއެޖެންސީގެ ދަށުން ފަރުވާ ހޯދަމުންދާ ހުރިހާ ފަރާތްތަކުގެ ވަނަވަރު ރިކޯޑްކޮށް އެންޓަރކޮށް ބެލެހެއްޓުމާއި އަދި ފަރުވާ ހޯދަމުންދާ ފަރާތްތަކުގެ ދަފްތަރެއް ތައްޔާރުކޮށް ގަވާއިދުން އަޕްޑޭޓްކޮށް ބެލެހެއްޓުން.
  3. ވަޒީފާ އަދާ ކުރަމުންދާ ފަރާތްތަކުގެ ވަނަވަރާއި ރިކޯޑް އަޕްޑޭޓް ކުރުމާއި ބެލެހެއްޓުމުގެ މަސައްކަތް ކުރިއަށް ގެންދިއުން.
  4. ވަޒީފާގެ ފުރުޞަތުތައް ލިބެން ހުރި ދާއިރާތައް ފާހަގަކޮށް އެކަން ކުލައިންޓުންނާއި ހިއްސާކުރުމާއި ވަޒިފާ ހޯދުމަށް އެދޭ ދާއިރާތައް ފާހަގަކޮށް އެދާއިރާތަކުން ލިބެން ހުރި ފުރުޞަތުތައް ކަނޑައަޅައި ކުލައިންޓުންނަށް އެމަޢުލޫމާތު ދިނުން.
  5. ފަރުވާ ހޯދާ މީހުންގެ ވަނަވަރުތަކުން މަޢުލޫމާތު އެއްކޮށް، ކުލައިންޓުންގެ ތެރޭގައި ތަޢުލީމާއި ތަޖުރިބާ ލިބިފައިވާ ދާއިރާތައް ފާހަގަކޮށް އެދާއިރާތަކަށް ޤާބިލް ފަރާތްތައް ހޯދައި އެފަރާތްތަކަށް ވަޒީފާގެ ފުރުޞަތު ހޯދައިދިނުމަށް ކުރަން ޖެހޭ އެންމެހައި މަސައްކަތް ކުރުން.
  6. ވަޒީފާއަށް އެދޭ ފޯމާއި، ވަޒީފާދޭ ފަރާތުން މިއެޖެންސީއަށް ހުށަހަޅާ ފީޑްބެކް ފޯމާއި އަދި މިމަސައްކަތަށް ބޭނުންވާ އެންމެހާ ފޯމެޓްތައް ތައްޔާރުކޮށް ހުއްދަ ހޯދަން ޖެހޭ ފަރާތްތަކުން ހުއްދަ ހޯދުމުގެ މަސައްކަތް ކުރުން.
  7. ކުންފުނިތަކަށް ގުޅައި ވަޒީފާއަދާ ކުރާ ފަރާތްތަކުގެ މަޢުލޫމާތުތައް ހޯދުމާއި އަދި ވަޒީފާގައި ފަރުވާ ކުޑަކުރާ ނުވަތަ މައްސަލަ ޖެހޭ ފަރާތްތަކާއި މެދު ވެރިޔާގެ މަޝްވަރާގެ ދަށުން ފިޔަވަޅު އެޅުން.
  8. ގަވާއިދުން ހުރިހާ ސެންޓަރުތަކަށް ގުޅައި އަދި ސެންޓަރުތަކަށް ޒިޔާރަތްކޮށް ފަރުވާ ހޯދަމުންދާ މީހުންގެ މަޢުލޫމާތު އެއްކޮށް ވަޒީފާ ހޯދަންޖެހޭ ދާއިރާތައް ފާހަގަކުރުން.
  9. ވަޒީފާއަށް މީހުން ތައްޔާރުކުރުމުގެ ގޮތުން ދޭންޖެހޭ ތަމްރީނުތައް ފާހަގަކޮށް، އެފަދަ ތަމްރީނުތައް ދޭ ތަންތަން ފާހަގަކޮށް އެފަރާތްތަކާއި މުޢާމަލާތުކުރުން.
  10. ލިބެން ހުރި ތަމްރީނުތައް މިއެޖެންސީގެ ފަރުވާ ފުރިހަމަ ކުރާ ފަރާތްތަކަށް ހޯދައި ދިނުމަށް ކުރަންޖެހޭ އެންމެހައި ކަންކަން ކުރުމުގައި އެހީތެރިވެދިނުން.
  11. އެމްޕްލޯއިމަންޓް ޑެސްކުން ފަރުވާ ފުރިހަމަ ކުރާ ފަރާތްތަކަށް ވަޒީފާގެ ފުރުޞަތު ހޯދައިދިނުމުގައި މިއެޖެންސީއިން ކުރެވިދާނެ އިތުރު ކަންތައްތައް ފާހަގަކޮށް އެފަދަ ކަންތައްތައް ކުރުން.
  12. ކަނޑައެޅޭ އުސޫލެއްގެ ދަށުން އެން.އޭ މީޓިންގތައް އިންތިޒާމްކޮށް ކުރިއަށް ގެންދިއުން.

މަޤާމުގެ ޝަރުޠުތައް:

  1. އޯޖެޓީ އަކަށް އުޅެ 6 މަސްދުވަސް ވެފައިވުން
  2. ގްރޭޑް 7 ނިންމާފައިވުން
  3. އިނގިރޭސި ބަހުންނާއި ދިވެހި ބަހުން މުޢާމަލާތްކުރުމުގެ ގާބިލްކަން ހުރުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ވަޒީފާއަށް އެދޭ ސިޓީ
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ

 ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.  ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

5. ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

6. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ

(ހ) ސިވިލް ސަރވިސް އިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެ ވަޒީފާއެއް އަދާކުރި މުއްދަތާއި ކުރި މަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

1. ތަޢުލީމާއި ތަމްރީން.

2. މަސައްކަތުގެ ތަޖުރިބާ.

3. އިންޓަރވިއު.

4. ޤާނޫނުތަކާއި ގަވާއިދުތަކަށް އަހުލުވެރިވެފައިވާ މިންވަރު.

5. ގިނަވަގުތު އޮފީހުގައި މަސައްކަތް ކުރެވޭނެ މީހެއްކަމުގައިވުން.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 18 ނޮވެންބަރު 2021 ވާ ބުރާސްފަތި ދުވަހުގެ 13:00ގެ ކުރިން، ނޭޝަނަލް ޑްރަގް އޭޖެންސީގެ ހެޑް އޮފީސް (ގ. ގްރީންގެ، ކ. މާލެ) އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް recruitment@nda.gov.mvމެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

އިންޓަރވިއު އަދި އިމްތިޙާނު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު  އޮންނާނީ، 2021 ނޮވެންބަރ 23-29 ގައި ނޭޝަނަލް ޑްރަގް އޭޖެންސީ/ ސ. ހިތަދޫ ސެންޓަރުގައި ވާޗުއަލް ކޮށެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް  ތައްޔާރުވެގެން ތިބުން އެދެމެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 33039016 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ، 3328184 އެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

 

                                   9  ރަބީއުލްއައްވަލް 1443

                                    14  ނޮވެންބަރު  2021                                      

                              

14 ނޮވެންބަރު 2021
ހޯދާ