މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް
ދިވެހިރާއްޖެ
މި ސަރވިސްއަށް ހައި ޕާރފޯމަންސް ނެޓްވޯރކް އެޓޭޗްޑް ސްޓޯރޭޖް ޔުނިޓް (ނަސް) އެއް ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުން:

ސުރުޙީގައި ދަންނަވާފައިވާ މަސައްކަތް ކޮށްދިނުމަށް މި ސަރވިސްގެ ނަންބަރު:- (IUL)167-PR/167/2021/64 އިޢުލާނާއި ގުޅިގެން ބީލަން ހުށަހަޅާފައިވާ ފަރާތް ތަކުގެ ތެރެއިން، މި މަސައްކަތް ކުރުމަށް ތިރީގައި ދެންނެވިފައިވާ ފަރާތައް ހަވާލުކޮށްގެން ކުރިއަށް ގެންދިއުމަށް މި ސަރވިސްގެ ބިޑް ކޮމެޓީގެ 36 ވަނަ ޖަލްސާއިން ނިންމާފައިވާކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.

އިޢުލާންކުރާ ތާރީހުން ފެށިގެން ސްޓޭންޑް- ސްޓިލް މުއްދަތު ގުނަން ފެށޭނެއެވެ. މި ސްޓޭންޑް- ސްޓިލް މުއްދަތު ތެރޭގައި،

  • ތިޔަ ފަރާތުން ހުށަހަޅާފައިވާ ބިޑުގެ އިވެލުއޭޝަން ކުރިއަށް ގެންގޮސްފައިވާ ގޮތުގެ ތަފްސީލަށް އެދެވި ދާނެއެވެ. އަދި،
  • މި ބީލަން އެހެން ފަރާތާކާއި ޙަވާލުކުރުމާމެދު އެއްވެސް ޝަކުވާއެއް ހުށަހަޅަން ބޭނުންވާ ނަމަ، ޝަކުވާ ހުށަހެޅޭނެއެވެ.

މަތީގައި ދެންނެވުނު ކަންތައްތައް ކުރިއަށް ގެންދަންވާނީ ދައުލަތުގެ މާލިއްޔަތުގެ ޤަވައިދުގެ 10.53 ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ސަރުކާރު ބަންދު ނޫން 5 (ފަހެއް) ދުވަހުގެ ތެރޭގައެވެ.

  1. 1.     ބީލަން ޙަވާލުކޮށްފައިވާ ފަރާތް:-

ކުންފުނީގެ ނަން:-

ދަ ސިސްޓަމް ވޯރކްޝޮޕް ޕްރައިވެޓް ލިމިޓެޑް

ހުށަހަޅާފައިވާ އަގު:-

278,568.00 ރ

ހުށަހަޅާފައިވާ މުއްދަތު:-

35 ދުވަސް

 

  1. 2.     ބީލަން ހުށަހަޅާފައިވާ އެހެނިހެން ފަރާތްތައް:-

ކުންފުނީގެ ނަން:-

ސްޕެކްޓްރާ އެކްސްޓްރީމް ޕްރައިވެޓް ލިމިޓެޑް

ހުށަހަޅާފައިވާ އަގު:-

462,318.78 ރ

ހުށަހަޅާފައިވާ މުއްދަތު:-

30 ދުވަސް

ބީލަން ކާމިޔާބު ނުވި ސަބަބު:-

މި ސަރވިސްއިން ހުށަހަޅާފައިވާ ސްޕެސިފިކޭޝަންއާ ދީމާނުވެއެވެ.

 

ތިޔަ ފަރާތުން ހުށަހަޅާފައިވާ ބިޑުގެ އިވެލުއޭޝަން ކުރިއަށް ގެންގޮސްފައިވާ ގޮތުގެ ތަފްސީލް ނުވަތަ ބީލަމާއި ގުޅިގެން ޝަކުވާއެއް ހުށަހެޅުމަށް ކަނޑައެޅިފައިވާ އެންމެ ފަހު ތާރީހަކީ 18 ނޮވެންބަރު 2021 ވަނަ ދުވަހެވެ. މި ތާރީހައް ސްޓޭންޑް-ސްޓިލް މުއްދަތު ހަމަވާނެއެވެ. ޝަކުވާ ނުވަތަ އިވެލުއޭޝަންގެ ތަފްސީލް ހޯދުމަށް އެދޭއިރު، މަސައްކަތުގެ ނަން، ބީލަންވެރިޔާގެ ނަން، ގުޅޭނެ ފޯނު ނަންބަރު އިގޭނެހެން ތިރީގައިވާ އީ.މެއިލްއަށް، މި ސަރވިސްއަށް އެޑްރެސް ކުރުމަށްފަހު ހުށަހަޅަންވާނެއެވެ.

އީ.މެއިލް :-[email protected]

ސެކްޝަން :-Procurement section

ފޯން ނަންބަރު :-3026124 , 3026133

10 ނޮވެންބަރު 2021
ހޯދާ