މިލަދުންމަޑުލު ދެކުނުބުރީ ހޮޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނ.ހޮޅުދޫ ކައުންސިލަށް ޕިކަޕެއް ހޯދުމަށް

ނަމްބަރ: (IUL)295-B/2021/37

އިޢުލާން

                      

        މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީގެ ފަރާތުން ނ.ހޮޅުދޫގެ ކުނިމެނޭޖް ކުރުމުގެ މަސައްކަތް ހަރުދަނާ ކުރުމުގެގޮތުން ފޯރުކޮށްދެއްވާ އެހީގެ ދަށުން ޕިކަޕެއް މިކައުންސިލަށް ގަންނަން ބޭނުންވެއެވެ. ވީމާ ޕިކަޕް ވިއްކަން ޝައުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު އަރުވަމެވެ.    

ބިޑް ރަޖިސްޓްރީ ކުރުން

        ބީލަން ހުށަހެޅުމަށް ޝައުގުވެރިވާ ފަރާތްތަކުން މިއިޢުލާނާއެކު ގެޒެޓް ކުރެވިފައިވާ ބިޑް ރެޖިސްޓްރޭޝަން ފޯމް ފުރިހަމަކުރެއްވުމަށްފަހު މިއިދާރާގެ މެއިލް އެޑްރެސް [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ. މިމަސައްކަތުގެ “ބީލަން ފޮތް'' ރަޖިސްޓްރީކުރުމަށް ހުށަހަޅާ ފަރާތްތަކަށް މެއިލް ކުރެވޭނެއެވެ. ބީލަން ހުށަހަޅާއިރު ބީލަން ފޮތުގައި ބަޔާންކޮށްފައިވާ މަޢުލޫމާތައް ފުރިހަމަކޮށް ހުށަހަޅަންވާނެއެވެ.

        މިބީލަމުގައި ބައިވެރިވެވޭނީ ވިޔަފާރި ރަޖިސްޓްރީގެ އިތުރުން ޖީ.އެސް.ޓީ ރެޖިސްޓްރޭޝަން ސެޓްފިކެޓް އޮތް ފަރާތްތަކަށެވެ. ރެޖިސްޓްރޭޝަން ކުރިއަށް ދާނީ ގެޒެޓް ކުރެވޭ ދުވަހުން ފެށިގެން 16 ނޮވެމްބަރ 2021 ވާ އަންގާރަ ދުވަހުގެ 11:00 ގެނިޔަލަށެވެ. މިމުއްދަތުގައި ބީލަން ހުށަހެޅުމަށް ރެޖިސްޓަރ ނުކުރާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ ދެންނެވީމެވެ.

ޕްރީބިޑް ބައްދަލުވުން

        މިބިޑާއިބެހޭ ހުރިހާ މަޢުލޫމާތެއް ރަޖިސްޓްރީ ކުރެވޭ ހުރިހާ ފަރާތްތަކަށް އެރުވޭނެއެވެ. ވީމާ، މަޢުލޫމާތު ދިނުމަށް އިތުރު ބައްދަލުވުމެއް ނޯންނާނެއެވެ.

ބިޑު ސެކިއުރިޓީ

        މިއިޢުލާނާއި ގުޅިގެން ބިޑް ހުށަހަޅުއްވާ ފަރާތްތަކުން ބިޑް ސެކިޔުރިޓީ ހުށަހަޅާކަށް ނުޖެހޭނެއެވެ.

 

ބީލަން ވެލިޑިޓީ އަދި ބީލަން ހުޅުވުން

        ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަގުތު، ބީލަން ހުށަހަޅާ ފަރާތުގެ ނަން، އީމެއިލް-އެޑްރެސް އަދި ގުޅޭނެ ފޯނު ނަންބަރު ލިޔެވިފައި އޮންނަންވާނެއެވެ. ބީލަމުގެ މުއްދަތުގެ ގޮތުގައި ބިޑް ހުށަހަޅާ ތާރީޚުން ފެށިގެން މަދުވެގެން 30 ދުވަސް އޮންނަންވާނެއެވެ.

        ބީލަން ހުށަހެޅުން އޮންނާނީ 28 ނޮވެމްބަރ 2021 ވާ އާދިއްތަ ދުވަހުގެ 11:00 ގައި މިލަދުންމަޑުލު ދެކުނުބުރީ ހޮޅުދޫ ކައުންސިލް އިދާރާގެ މީޓިންގ ހޯލްގައެވެ.  ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް އަނބުރާ ރައްދު ކުރެވޭނެއެވެ. އަދި  ބީލަން ކެނޑުމަށް ހަމަޖެހިފައި ވަނީ ހަމަ އެދުވަހުގެ 11:05 ގައި މިލަދުންމަޑުލު ދެކުނުބުރީ ހޮޅުދޫ ކައުންސިލް އިދާރާގެ މީޓިންގ ހޯލްގައެވެ.  އަދި ބީލަން ހުށަހަޅަން ވެރިފަރާތް ނޫން އެހެން ފަރާތަކުން ޙާޟިރުވާނަމަ އިއުތިރާޟެއްނެތް ކަމުގެ ލިޔުން ހުށަހަޅަންވާނެއެވެ.

އިތުރު މަޢުލޫމާތު ސާފުކުރުން

        އިތުރު މައުލޫމަތެއް ސާފުކުރަން ބޭނުން ފުޅުވާނަމަ ތިރީގައިވާ އީމެއިލްއަށް ނުވަތަ ފޯނު ނަމްބަރަށް ގުޅުއްވުން އެދެމެވެ.

އީމެއިލް އެޑްރެސް: [email protected]

ފޯން : 6560009

 ނޯޓް:

މަޢުލޫމާތު ފުރިހަމަނޫން ބިޑްތައް ބާތިލުކުރުމުގެ ފުރިހަމަ އިޚްތިޔާރު މިލަދުންމަޑުލު ދެކުނުބުރީ ހޮޅުދޫ ކައުންސިލަށް ލިބިގެންވެއެވެ. އަދި ބިޑް ޕްރޮސަސްގެ ކޮންމެ ވަގުތެއްގައި ވެސް ބާޠިލު ކުރުމުގެ އިޚްތިޔާރު މިކައުންސިލަށް ލިބިގެންވެއެވެ.

 

10 ނޮވެމްބަރ 2021

10 ނޮވެންބަރު 2021
ހޯދާ