ދިވެހިރާއްޖެ
އިޢުލާނު
ދަނޑުވެރިކަން ކުރުމަށް އިނގުރައިދޫ އިން ބިންދޫކުރުމާއިގުޅޭ
މި އިދާރާގެ ނަންބަރު: (IUL)309-ESM/309/2021/37 (13 އޮކްޓޫބަރު 2021) އިޢުލާނާއި ގުޅިގެން ދަނޑުބިމަށް ހުޅުވާލެވުނު ފުރުސަތުގައި 148 ފަރާތަކުންވަނީ ފޯމް ހުށަހަޅާފައެވެ.
މިކައުންސިލަށް ހުށަހެޅި ފޯމް ތަކުގެ ތެރެއިން ޝަރުތު ހަމަވި ގޯތިތަކާއި ޝަރުތު ހަމަނުވާ ގޯތިތަކުގެ ލިސްޓް މި އިޢުލާނާއި އެކު ވަނީ އެއްކަރުދާސް ކުރެވިފައެވެ.
މި ލިސްޓާއި ގުޅޭގޮތުން ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މިހާރުވަނީ ހުޅުވާލެވިފައެވެ. ޝަކުވާ ހުށަހަޅާ ފޯމް އިނގުރައިދޫ ކައުންސިލްގެ އިދާރާއިންނާއި ދިވެހިރާއްޖެގެ ގެޒެޓުން ލިބެން ހުންނާނެއެވެ. ފޯމް ބަލައިގަތުމުގެ އެންމެފަހު ތާރީޚަކީ 18 ނޮވެންބަރު 2021 ގެ 14:00 ގެ ނިޔަލަށެވެ.
މިހެންވެ މިކަން އާންމުކޮށްއެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.
10 ނޮވެންބަރު 2021