މަޤާމު:
|
މަސައްކަތު މީހުން
|
ބޭނުންވާ ޢަދަދު : 1
|
މުސާރަޔާއި އިނާޔަތްތައް:
|
- އަސާސީ މުސާރަ : 4000.00
- ވަޒީފާއަށް ނިކުންނަ ކޮންމެ ދުވަހަކަށް ދެވޭ އެލަވަންސް: ދުވާލަކަށް 50.00 ރުފިޔާ
- ސަރވިސް އެލަވަންސް: މަހަކަށް 1200.00 ރުފިޔާ
- ފޯނު އެލަވަންސް: މަހަކަށް 100.00 ރުފިޔާ
- އިތުރު ގަޑީގައި މަސައްކަތް ކުރާކަމުގައިވާނަމަ ކަނޑައެޅިފައިވާ އުސޫލުން އިތުރު ގަޑީގެ ފައިސާ ދެވޭނެއެވެ.
|
ވަޒީފާ އަދާކުރަންޖެހޭ ތަން:
|
އައި.ޔޫ.އެމް ލަރނިންގ ސެންޓަރ – ހދ. ހަނިމާދޫ
|
މަޤާމުގެ ޝަރްޠުތައް:
|
- ލިޔަންކިޔަން އެގުން. (އިންޓަރވިއު ކުރާއިރު މިބައި ޓެސްޓު ކުރެވޭނެއެވެ.)
- ހީވާގި މުރާލިކަމާއެކު ގިނަވަގުތު މަސައްކަތުގައި އުޅެވޭ މީހަކަށްވުން
- ނަޒާހަތްތެރި ރަގަޅު އަޚްލާގެއްގެވެރި މީހަކަށްވުން
|
މަޤާމުގެ މަސްއޫލިއްޔަތު:
|
- ކެމްޕަހުގެ އޮފީސްބައި ކޮންމެ ދުވަހަކު ފޮޅާސާފުކުރުން.
- މުޅި ކެމްޕަސް ހިމެނޭ ސަރަހައްދު އެތެރެ ކުނިކަހައި ސާފުކުރުން
- ކޮންމެ ދުވަހަކު އޮފީހުގެ މޭޒުތަކާއި ގޮޑިތަކާއި ކަބަޑުތަކާއި ކުޑަދޮރުތައް ފޮހެ ސާފުކޮށް ބެލެހެއްޓުން.
- ކޮންމެ ދުވަހަކު ސްޓާފުންގެ ފާޚާނާއާއި ދަރިވަރުންގެ ފާޚާނާތައް ދޮވެ ސާފުކޮށް ބެލެހެއްޓުން.
- ކޮންމެ ދުވަހަކު ކެމްޕަހުގެ ކްލާސްރޫމްތަކާއި ސެމިނަރ ރޫމް އާއި މީޓިންގ ރޫމް ފޮޅާ ސާފުކޮށް ބެލެހެއްޓުން. (މޮޕްލާން ޖެހޭ ތަންތަނުގައި ކޮންމެ ދުވަހަކު މޮޕުލައި ސާފުކުރުން.)
- އޮފީހުން އިންތިޒާމްކުރާ އެކިއެކި މީޓިންގތަކަށް ސައި ތައްޔާރުކުރުން.
- ކެމްޕަހުން ހިންގާ އެކިއެކި ޙަރަކާތަކުގައި އެހީތެރިކަން ފޯރުކޮށްދިނުން.
- ކޮންމެ ދުވަހަކު އޮފީހުގެ ގޯތިތެރެ ކުނިކަހާ ސާފުކުރުމާއި ގަސްތައް ބެލެހެއްޓުން.
|
ހުށަހަޅަންޖެހޭ ލިޔެކިޔުންތައް
|
މިމަގާމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ މަޢުލޫމާތު ހުށަހަޅަން ވާނެއެވެ.
- ވަޒީފާއަށް އެދި ހުށަހަޅާ ފޯމު (އައި.ޔޫ.އެމް ހަނިމާދޫ ލަރނިންގ ސެންޓަރުން ލިބެން ހުންނާނެ)
- މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮފީ (އެކްރެޑިޓް އަދި އެޓެސްޓްކޮށްފައި)
- އަދާކުރައްވާފައިވާ ނުވަތަ އަދާކުރައްވަމުން ގެންދަވާ ވަޒީފާއާ ގުޅޭ މަޢުލޫމާތު އެނގޭނެ ރަސްމީ ލިޔުމުގެ ކޮޕީ
|
ވަޒީފާއަށް އެދި ހުށަހަޅާނެ ގޮތް
|
- ވަޒީފާއަށް އެދި އެޕްލިކޭޝާން ހުށަހެޅުމަށްޓަކައި 7999854 އަށް ގުޅުއްވާދެއްވުން އެދެމެވެ.
- އިޢުލާނުގައި ބަޔާން ކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ހުށަހަޅަން ޖެހޭނެއެވެ.
- އިޢުލާނުގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ފުރިހަމަ ނުވާ އެޕްލިކޭޝަންތައް ބާޠިލުވާނެއެވެ.
|
އިއުލާނުގެ މުއްދަތު ހަމަވާ ތާރީޚް:
|
- 18 ނޮވެމްބަރ 2021 ވަނަ ދުވަހުގެ 14:00 އަށް
|
އިތުރު މައުލޫމާތު:
|
- އިންޓަރވިޔު ކުރެވޭނީ އިޢުލާނުގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠު ހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
- މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ އިންޓަވިއުކޮށް ނިމުމަށް ފަހުގައެވެ.
- މި މަޤާމަށް ހޮވޭ ކެންޑިޑޭޓަކު ވަޒީފާއަށް ނުކުންނަ ތާރީޚުން ފެށިގެން ފުރަތަމަ 3 މަސްދުވަސް ބެލެވޭނީ، ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގެ ގޮތުގައެވެ. މި މުއްދަތުގެ ތެރޭގައި މުވައްޒަފުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތްތަކުގެ އަޚުލާޤަށް ބަލައި، މަގާމަށް އެކަށީގެންނުވާނަމަ، އެއްވެސް ނޯޓިހެއް ދިނުމަކާނުލައި، ވަޒީފާގެ އެއްބަސްވުން އުވާލައި، މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ އިޚުތިޔާރު މިކުންފުންޏަށް ލިބިގެންވެއެވެ.
- މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ހޯދަން ބޭނުންވާ ފަރާތްތަކުން ރަސްމީ ބަންދުނޫން ދުވަސްތަކުގައި ހެނދުނު 09:00 އާއި މެންދުރު 14:00 އާއި ދެމެދު 3001885 އަށް ގުޅުއްވުން އެދެމެވެ.
|