ދިވެހިރާއްޖެ
މިއިދާރާގައި ރަސްމީކޮށް ބޭނުންކުރުމަށް ލޯގޯއާއި ދިދަ ފަރުމާކުރުމުގެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލަމެވެ.
މުބާރާތުގައި ބައިވެރިވެވޭނެ ފަރާތްތައް
މިމުބާރާތުގައި ދިވެހި ކޮންމެ ރައްޔިތަކަށްވެސް ބައިވެރިވެވޭނެއެވެ.
މުބާރާތުގައި ބައިވެރިވެ ޑިޒައިން ހުށަހެޅުން
މުބާރާތުގައި ބައިވެރިވުމަށް މިއިޢުލާނާއިއެކުވާ މަޢުލޫމާތު ކަރުދާހުގައި ބަޔާންކުރާ ޝަރުތުތަކާއި މިންގަނޑުތަކަށް ފެތޭގޮތަށް ލޯގޯ އަދި ދިދަ ފަރުމާކޮށް ހުށަހަޅާނީ ށ.ފޭދޫ ކައުންސިލް އިދާރާއަށެވެ. މިހުށަހެޅުމުގައި މިމަޢުލޫމާތު ކަރުދާހުގައި ހުށަހަޅަން ބަޔާންކުރާ ހުރިހާ ލިޔެކިޔުމެއް ހުށަހަޅަންވާނެއެވެ. ލޯގޯ އަދި ދިދައިގެ ފަރުމާކުރުންތައް ހުށަހެޅުން އޮންނާނީ 18 ނޮވެމްބަރ 2021ވާ ދުވަހުގެ 13:00 އަށް ށ.ފޭދޫ ކައުންސިލް އިދާރާގެ މީޓިން ރޫމުގައެވެ.
އެއްވަނައަށް ހޮވޭ ޑިޒައިންއަކަށް އިނާމް ދިނުން
ހުށަހަޅާ ލޯގޯތަކުގެ ތެރެއިން މިކައުންސިލުން ބޭނުންކުރުމަށް ފާސްކުރާ ލޯގޯއެއް ހުށަހެޅި ފަރާތަކަށް 5000/- (ފަސްހާސް ރުފިޔާ)ގެ ފައިސާގެ އިނާމެއް ދެވޭނެވެ.
މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
4 ރަބީޢުލްޢާޙިރު 1443