މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން
ދިވެހިރާއްޖެ
އޮފީސް މުވައްޒަފުންގެ ކެބިން ހެދުމާއި އޮފީހުގެ ބައެއް މަރާމާތުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން

އިއުލާން

އޮފީސް މުވައްޒަފުންގެ ކެބިން ހެދުމާއި އޮފީހުގެ ބައެއް މަރާމާތުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން

ކުރިން ކުރި ނަންބަރު (IUL)475/475/2021/213 އިއުލާނަށް އެކަށީގެންވާ ތަރުހީބު ލިބިފައިނުވުމުން އެ އިއުލާން ބާތިލްކޮށް، މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިއުލާނުކުރަމެވެ.

މި މިނިސްޓްރީގެ އޮފީސް މުވައްޒަފުންގެ ކެބިން ހެދުމާއި އޮފީހުގެ ބައެއް މަރާމާތުގެ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ބޭނުންވެއެވެ. އެހެންކަމުން މި މަސައްކަތްތައް ކުރުމަށް ޝައުގުހުރި ފަރާތްތަކަށް، މި އިއުލާނާ އެކުގައިވާ މައުލޫމާތު ކަރުދާހުގައި ބަޔާންކޮށްފައި ހުރި ގޮތަށް، މައުލޫމާތު ހުށަހެޅުއްވުމަށާއި އަންދާސީހިސާބު ހުށަހެޅުއްވުމުގެ ދައުވަތު އަރުވަމެވެ.

މައުލޫމާތު ސާފުކުރެއްވުމަށާއި ޝައުގުވެރިކަން ފާޅުކުރެއްވުމަށް 2021 ނޮވެމްބަރު 17 ގެ 13:00 ގެ ކުރިން [email protected] އަށް އީ-މެއިލް ކުރެއްވުން އެދެމެވެ. އަންދާސީހިސާބު ބަލައިގަތުން އޮންނާނީ 2021 ނޮވެމްބަރު 22 ގެ 09:30 ގައި މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަން، ފެންބިލްޑިންގ 2 ވަނަ ފަންގިފިލާގައެވެ. މައުލޫމާތު ސާފުނުކުރެއްވިޔަސް އަދި ޝައުގުވެރިކަން ފާޅު ނުކުރެއްވިޔަސް އަންދާސީހިސާބު ހުށަހެޅުއްވޭނެކަން މައުލޫމާތަށްޓަކައި ދަންނަވަމެވެ.

09 ނޮވެންބަރު 2021
ހޯދާ