ދިވެހިރާއްޖެ
އިޢްލާން
ކުޑަކުދިންގެ ޕާކުގެ އިންފާރު ރޭނުމާގުޅޭ
މިއިދާރާގެ ނަންބަރު E-380/2021/12 (03 އޮކްޓޫބަރ 2021) ގެ އިޢްލާނާ ގުޅިގެން ހުށަހަޅާފައިވާ
އަންދާސީ ހިސާބުތައް ބޮޑުކަމަށް ފެންނާތީވެ، އެ އިޢްލާން ބާޠިލް ކުރުމަށްފަހު މި މަސައްކަތް އަމިއްލަ ތަކެތީގައި 160000.00 (އެއްލައްކަ ފަސްދޮޅަސް ހާސް) ރުފިޔާއަށްވުރެ ބޮޑުނޫން އަގެއްގައި ކުރުމަށް ޝަޢުޤުވެރިވާ ފަރާތްތަކަށް އަލުން އެފުރުޞަތު ހުޅުވާލަމެވެ.
މަޢުލޫމާތު ދިނުމާއި، އަންދާސީ ހިސާބު ހުށަހެޅުން
- މަޢުލޫމާތު ދިނުން އޮންނާނީ 2021 ނޮވެމްބަރ 15 ވާ ހޯމަ ދުވަހުގެ 13:00 ގައި މާއެނބޫދޫ ކައުންސިލް އިދާރާގައެވެ.
- އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 2021 ނޮވެމްބަރ 22 ވާ ހޯމަ ދުވަހުގެ 13:00 ގައި މާއެނބޫދޫ ކައުންސިލް އިދާރާގައެވެ.
- ކޮންމެ ފަރާތަކަށްވެސް ހުށަހެޅޭނީ 1 އަންދާސީ ހިސާބެވެ.
އިތުރު މަޢުލޫމާތު
- މި އިޢްލާނާ ގުޅިގެން އަންދާސީ ހިސާބު ހުށަހެޅޭނީ ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ.
- މަޢުލޫމާތު ސާފުކުރަން ވަޑައި ނުގަންނަވާ ފަރާތްތަކާއި، ކަނޑައެޅިފައިވާ ގަޑީގެ ފަހުން ހުށަހަޅާ އަންދާސީ ހިސާބުތައް ބަލައި ނުގަނެވޭނެއެވެ.
- މަޢުލޫމާތު ދިނުމުގެ ބައްދަލުވުމާއި، އަންދާސީ ހިސާބު ހުށަހެޅުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން އެނގޭ ލިޔުމެއް ހުށަހަޅަން ވާނެއެވެ.
މަސައްކަތް ޙަވާލުކުރާނެ ފަރާތެއް ހޮވުމުގައި ބަލާނެ މިންގަނޑުތައް
ތަފްޞީލް |
އިންސައްތަ |
ހުށަހަޅާފައިވާ އަގަށް (އެންމެ ކުޑައަގު ބެންޗުމާކު ކަމުގައި ބަލައިގެން) |
60% |
ހުށަހަޅާފައިވާ މުއްދަތަށް (އެންމެ ކުރު މުއްދަތު ބެންޗުމާކު ކަމުގައި ބަލައިގެން) |
25% |
ތަޖުރިބާ (ވޭތުވެ ދިޔަ 5 އަހަރުގައި މިބާވަތުގެ މަސައްކަތް މުއްދަތަށް ކޮއްފައިވާ ކަމަށް ސަރުކާރުގެ އިދާރާ އަކުން ދީފައިވާ 5 ލިޔުން ހުށަހަޅާފައިވާނަމަ ) |
10% |
ޕްރޮފައިލް (ތަޢާރަފަށް %3) (މަޤްޞަދު %2) |
5% |
އަންދާސީ ހިސާބާއެކު ހުށަހަޅަންޖެހޭ ލިޔުންތައް
ހ. އަންދާސީ ހިސާބު
ށ. ވިޔަފާރި ރަޖިސްޓްރީ ކޮޕީ
ނ. ޖީ.އެސް.ޓީ. ރަޖިސްޓްރޭޝަން ސެޓްފިކެޓް ކޮޕީ
ހުށަހަޅަންޖެހޭނެ ކަމަށް ބަޔާންކޮށްފައިވާ ލިޔުންތައް ފުރިހަމަ ނުވާނަމަ، އަންދާސީ ހިސާބު ބާޠިލް ކުރުމުގެ
އިޚްތިޔާރު ކައުންސިލަށް ލިބިގެންވެއެވެ.
ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢްލާން ކުރީމެވެ.