މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް
ދިވެހިރާއްޖެ
މެޑިކަލް އޮފިސަރ

                           `

                                                                        

 މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް            

   މާލެ، ދިވެހިރާއްޖެ           

                           އިޢުލާން

 ތިރީގައި މި ދަންނަވާ މަގާމަށް މުވައްޒަފުން ބޭނުންވެއްޖެއެވެ. މިމަޤާމަށް ކުރިމަތިލައްވާ ފަރާތްތަކުގެ ތެރެއިން އިސްކަންދެވޭނީ ދިވެހިބޭފުޅުންނަށެވެ.

މަޤާމް:

މެޑިކަލް އޮފިސަރ

ރޭންކް:

އެމް.އެސް 4 (މެޑިކަލް ސަރވިސް 4)

ކްލެސިފިކޭޝަން:

މެޑިކަލް ސަރވިސް

މުސާރަ:

މަހަކު -/15,090 ރުފިޔާ

ސަރވިސް އެލަވެންސް:

ނޮންޕްރެކްޓިކްސް އެލަވްންސް:

ފުޑް އެލަވަންސް:

އެކޮމޮޑޭޝަން އެލަވަންސް:  

މަހަކު  -/3,500 ރުފޔާ

މަހަކު  5,281/50 ރުފޔާ

މަހަކު -/1,800 ރުފިޔާ

މަހަކު -/2,500 ރުފިޔާ

މަސައްކަތް ކުރަންޖެހޭ ތަން:              

މާފުށި ޖަލު، އައްސޭރި ޖަލު، މާލެ ޖަލު، ހުޅުމާލެ ޖަލު އަދި އަހުލުވެރި މަރުކަޒު

މަޤާމުގެ ޤިންތި:

ކޮންޓްރެކްޓް/ ދާއިމީ

ފެންވަރު ނުވަތަ ޝަރުތު:                      

 

 

 

މަ މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރާއި ޤާބިލްކަން ސާބިތުކޮށްދިނުމާއެކު،

  • އެމް.ބީ.ބީ.އެސް ޑިގްރީ ހާސިލުކޮށްފައި ވުމާއެކު، މޯލްޑިވްސް މެޑިކަލް ކައުންސިލް ޤަބޫލުކުރާ ޑިގުރީ ސެޓްފިކެޓް ހާސިލްކޮށްފައި ވުމާއެކު، މޯލްޑިވްސް މެޑިކަލް ކައުންސިލްގައި ރަޖިސްޓަރީކޮށް ޕްރެކްޓިސް ކުރުމުގެ ހުއްދަ ލިބިފައިވުން.
  •  މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި އެއް އަހަރު ދުވަހުގެ އިންޓާންޝިޕް ލިބިފައިވުން.
  •  މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި ތިން އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
  • މީލާދީ ގޮތުން 18 (އަށާރަ) އަހަރު ފުރި، 45 (ސާޅީސް ފަހެއް) އަހަރު ނުވާ މީހަކު ކަމުގައިވުން،
  • ޖިނާއީ އެއްވެސް ބާވަތެގެ ކުށެއް ކޮށްފައިވާ މީހަކަށް ނުވުމާއި،އެއްވެސް އިރެއްގައި މަސްތުވާ އެއްޗެއް ބޭނުންކޮށް އެކަހެރިވުމަށް ފަރުވާ ހޯދާފައިވާ  ފަރާތެއްކަމުގައި ނުވުން.

 

މަޤާމުގެ މަސްޢޫލިއްޔަތު:

 

  • ޖަލުތަކުގައި ތިބޭ ގައިދީންނާއި ބަންދު މީހުން ހަފްތާއަކު 05 ދުވަހު (އޯ.ޕީ.ޑީ) ގައި ބެލުން.
  • ރަސްމީ ޑިއުޓީ ގަޑީގެ އިތުރުން އެމަޖެންސީ ހާލަތެއް މެދުވެރިވެއްޖެނަމަ ހާޒިރުވުން.
  • ބަންދުގައި ތިބޭ ޤައިދީންގެ ތެރެއިން ޙާއްސަ ބަލިތަކަށް ފަރުވާ ހޯދަމުންދާ ޤައިދީންގެ މަންތުލީ މެޑިކޭޝަން މޮނިޓަރ ކުރުމާއި ފޮލޯއަޕްސް މޮނިޓަރ ކުރުން.

 

މީހުން ހޮވުމުގައި އިސްކަން ދެވޭ ކަންތައްތައް:

 

  • ތަޢުލީމީ ފެންވަރު.
  • ދާއިރާއިން ލިބިފައިވާ ތަޖުރިބާ.

 

ހުށަހަޅަންޖެހޭ ލިޔުންތައް:

- ވަޒީފާއަށް އެދޭ ފޯމު. (މި ފޯމު މި ސަރވިސްގެ ވެބްސައިޓު www.corrections.gov.mv އިން ޑައުންލޯޑް ކުރެވޭނެއެވެ. އަދި މި ސަރވިސްގެ ކައުންޓަރުންވެސް ލިބެން ހުންނާނެއެވެ. ބިދޭސީއެއް ނަމަ ހުށައަޅާނީ ބިދޭސީންނަށް ހާއްސަ ކުރެވިފައިވާ ފޯމެވެ.)

-  ބިދޭސީއެއްނަމަ ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ.

-  ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ ނުވަތަ ޕާސްޕޯޓް ފޮޓޯ.

-          ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ފޮޓޯ ކޮޕީ.

-  ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު. ( ސީވީ ) 

-  ކުރިން ވަޒީފާ އަދާކޮށްފައިވާ މީހަކުނަމަ ވަޒީފާ އަދާކުރި ތަންތަނުން ދީފައިވާ ލިޔުމުގެ ކޮޕީ.

-  ނެގި ފަހުން ތިން މަސްދުވަސް ހަމަނުވާ އިސްކޮޅު ފެންނަ ފޮޓޯއެއް  އަދި ޕާސްޕޯޓް ސައިޒް ފޮޓޯ.

-  އިންޖީނުލީ އުޅަނދު ދުއްވާނަމަ ލައިލަންސްގެ ކޮޕީ.

-  ޕޮލިސް ރިޕޯޓް.

- ބިދޭސީ އެއްނަމަ ފުރާފައިވާ މޯލެޑިވްސް މެޑިކަލް ކައުންސިލްގެ ރެޖިސްޓްރޭޝަން ފޯމު / ޕްރީ ރެޖިސްޓްރޭޝަން ސްލިޕް.

- ބިިދޭސީއެއްނަމަ މި އިޢުލާންގައިވާ ލިޔެކިއުންތަކުގެ އިތުރުން މޯލެޑިވްސް މެޑިކަލް ކައުންސިލްގެ ރެޖިސްޓްރޭޝަން ފޯމްގައި ހިމެނިފައިވާ ހުރިހާ ލިޔެކިއުންތައް.

- ސިވިލް ސަރވިސްއަށް / ސަރުކަރާށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މީހަކު ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާ މެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ރަސްމީ ލިޔުމުގެ ކޮޕީ.

- ކުރިން ވަޒީފާ އަދާކޮށްފައިވާ މީހަކުނަމަ ވަޒީފާ އަދާކުރި ތަންތަނުން ދީފައިވާ ލިޔުމުގެ ކޮޕީ.

ސުންގަޑި:

 

  • މި މަޤާމުތަކަށް އެދޭ ފަރާތްތަކުން ވަޒީފާއަށް އެދޭ ފޯމާއި ވަނަވަރު އަދި ހުށައަޅަންޖެހޭ ލިޔެކިއުންތަކާއި އެކު މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް ( ޣާޒީ ބިލްޑިންގ/ ގްރައުންޑް ފްލޯރ) އަށް ހުށަހެޅުއްވުން އެދެމެވެ.
  • ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަ ނުކޮށް ހުށަހަޅާ ފޯމާއި ޝަރުޠު ހަމަނުވާ ފަރާތްތަކުން ހުށަހަޅުއްވާ ފޯމުތައް ބާޠިލް ކުރެވޭނެ ވާހަކަ ދަންނަވަމެވެ.
  • ހުށަހަޅުއްވާފައިވާ ލިޔެކިއުންތައް ސައްހަ ނޫންކަމަށް ސާބިތުވެއްޖެނަމަ ފޯމް ބާޠިލް ކުރެވޭނެ ވާހަކަ ދަންނަވަމެވެ.
  • ވަޒީފާއަށްއެދޭ ފޯމާއެކު ހުށަހަޅާ ލިޔުންތަކުގެ އަސްލު އިންޓަވިއުއަށް ހާޒިރުވާއިރު ގެންނަންވާނެ އެވެ.

 

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރުމަށް:

މިއީ މި ސަރވިސްއަށް މެޑިކަލް އޮފިސަރުން ހޯދުމުގެ ދަތިކަން ހުރުމުގެ ސަބަބުން ރެކްރޫޓްމަންޓްގެ ޕްރޮސެސް އަވަސްކުރުމަށްޓަކައި، މެޑިކަލް އޮފިސަރުންގެ ޕޫލްއެއް ހެދުމަށް ކުރެވިފައިވާ އިޢުލާނެކެވެ. އަދި 2021 އަދި 2022 އަހަރުގައި ހުސްވާ މެޑިކަލް އޮފިސަރުން ހަމަޖައްސާނީ މި ޕޫލްގެ ތެރެއިންނެވެ. މި އިޢުލާންގެ މުއްދަތު ކަމުގައި ކަނޑައެޅިފައިވަނީ 2022 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށެވެ.   

(ފޯމާއެކު ހުށަހަޅުއްވާ ހުރިހާ ލިޔެކިއުންތައް ހުންނަންވާނީ ފޯމާއެކު ހީރަސްޖަހާ ސަފުހާ ނަންބަރު ޖަހާފައެވެ.)

         11 ސެޕްޓެމްބަރު 2021

 

09 ނޮވެންބަރު 2021
ހޯދާ