ފެލިދެއަތޮޅު ފުލިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަންދާސީ ހިސާބު ހުށަހެޅުން

އިޢުލާން

އަންދާސީ ހިސާބު ހުށަހެޅުން   

މި އިދާރާއަށް 15 ހޮޅިދަނޑި 10 ފޫޓް، 30 ސްޓްރީޓް ލެޑް ލައިޓް 50 ވޯޓް ، 15 ސޯލާ ސްޓްރީޓް ލައިޓް 60 ވޯޓް،އަދި 2 ކޯ 2.5 ގެ 1000 މީޓަރުގެ 1 ރޯލް ސަޕްލައި ، މިތަކެތި ސަޕްލައިކޮށްދޭނެ ފަރާތެއް ބޭނުންވެއެވެ.

މަޢުލޫމާތު ދިނުމާއި، އަންދާސީ ހިސާބު ހުށަހެޅުން

1-      ބީލަމާ ގުޅޭގޮތުން މަޢުލޫމާތުދިނުން އޮންނާނީ 2021 ނޮވެންބަރު  14 ވާ އާދިއްތަ ދުވަހުގެ 11:00 ގައި ފެލިދެއަތޮޅު ފުލިދޫ ކައުންސިލްގެ އިދާރާގައެވެ. 

އޮންލައިންކޮށް ބައިވެރިވެލައްވަން ބޭނުންފުޅުވާ ފަރާތްތަކުން [email protected] އީމެއިލް އަށް ރިކުއެސްޓް ފޮނުވުމުން ، ޒޫމް ލިންކް މެދުވެރިކޮށް އެ އިންތިޒާމު ކައުންސިލްގެ ފަރާތުން އެ ގަޑިއަށް ހަމަޖައްސާ ދޭނެއެވެ.

2-އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 17 ނޮވެންބަރު 2021 ވާ  ބުދަ ދުވަހުގެ 11:00 ގައި ފެލިދެއަތޮޅު ފުލިދޫ ކައުންސިލްގެ އިދާރާއިގެ ޖަލްސާކުރާ މާލަމުގައެވެ.

އީމެއިލް މެދުވެރިކޮށް ހުށަހަޅާ އަންދާސީ ހިސާބުތައް ބަލައިގަތުން: [email protected] އީމެއިލް މެދުވެރިކޮށް ހުށަހަޅާ އަންދސީ ހިސާބުތައް ބަލައިގަނެވޭނީ 17 ނޮވެންބަރު 2021 ވާ ބުދަ ދުވަހުގެ 9:30 ގެ ކުރިން ހުށަހަޅާ އަންދާސީ ހިސާބުތަކެވެ.

އޮންލައިންކޮށް ބައިވެރިވެލައްވަން ބޭނުންފުޅުވާ ފަރާތްތަކުން މަތީގައި ދެންނެވިފައިވާ އީމެއިލް އަށް ރިކުއެސްޓް ފޮނުވުމުން ، ޒޫމް ލިންކް މެދުވެރިކޮށް އެ އިންތިޒާމު ކައުންސިލްގެ ފަރާތުން އެ ގަޑިއަށް ހަމަޖައްސާ ދޭނެއެވެ.

އިތުރު މަޢުލޫމާތު

  • މި އިޢުލާނާއިގުޅިގެން އަންދާސީ ހިސާބު ހުށަހެޅޭނީ ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ.
  • މި މަސައްކަތަށް ހުށަހަޅާ އަންދާސީ ހިސާބުގައި ހުށަހަޅާ ފަރާތުގެ މަޢުލޫމާތު (ނަން، އެޑްރެސް،ގުޅޭނެ ފޯނު ނަންބަރު) އަދި މަސައްކަތުގެ ޖުމްލަ އަގު މުއްދަތު އެނގެން އޮންނަންވާނެއެވެ.  ކޮންމެ ފަރާތަކަށްވެސް ހުށަހެޅޭނީ 1 އަންދާސީ ހިސާބެވެ.
  • މަޢުލޫމާތު ސާފުކުރައްވަން ބައިވެރިވެ ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅާ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެ އެވެ.
  • ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން އެނގޭނެ ލިޔުމެއް ހުށަހަޅަން ވާނެއެވެ.
  • ބިޑްތަށް އިވެލުއޭޓްކުރުމުގައި މާރކްސްދެވޭނީ ތިރީގައިވާ ކަންކަމަށެވެ.

މަސައްކަތް ޙަވާލުކުރާނެ ފަރާތެއް ހޮވުމުގައި ބަލާނެ މިންގަނޑުތައް

އިންސައްތަ

ތަފުޞީލް

%75

ހުށަހަޅާފައިވާ އަގަށް ( އެންމެ ކުޑައަގު ބެންޗްމާރކްކަމުގައި ބަލައިގެން)

%5

ތަޖުރިބާ

%20

މަސައްކަތުގެ މުއްދަތު

 

އަންދާސީ ހިސާބާއިއެކު ހުށަހަޅަންޖެހޭ ލިޔުންތައް

ހ- އަންދާސީ ހިސާބު

ށ- ވިޔަފާރި ރަޖިސްޓްރޭޝަން ކޮޕީ

ނ- ޖީ.އެސް.ޓީ ރަޖިސްޓްރޭޝަން ކޮޕީ

ރ- މީރާއިންދޫކުރާ ޓެކްސް ކްލެއަރެންސް ރިޕޯޓް ކޮޕީ ( ހުށަހަޅާ ތާރީޚަށް 3 މަސް ހަމަނުވާ)

ބ- ކުދި އަދި މެދުފަންތީގެ ވިޔަފާރީގައި ރަޖިސްޓްރީކުރެވިފައިވާކަމަށް މިނިސްޓްރީ އޮފް އިކޮނޮމިކްޑެވެލޮޕްމަންޓުން ދޫކޮށްފައިވާ ލިޔުން (އެސް.އެމް.އީ ރަޖިސްޓްރޭޝަން ކޮޕީ)

ހުށަހަޅަންޖެހޭނެކަމަށް ބަޔާންކޮށްފައިވާ ލިޔުންތައް ފުރިހަމަ ނުވާނަމަ، އަންދާސީ ހިސާބު ބާޠިލްކުރުމުގެ އިޚްތިޔާރު ކައުންސިލަށް ލިބިގެންވެއެވެ.

   ބީލަންތައް ހުންނަންވާނީ ސިޓީއުރައިގައި ބަންދުކުރެވިފައެވެ. ސިޓީއުރައިގެ ބޭރުގައި ބީލަމަށް ދެވިފައިވާ ނަން އަދި ބީލަންހުށަހަޅާ ފަރާތުގެ ނަން ލިޔެފައި އިންނަންވާނެއެވެ.           

   ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރަމެވެ.

                         03 ރަބީޢުލް އާޚިރު 1443

                         08 ނޮވެންބަރު 2021

08 ނޮވެންބަރު 2021
ހޯދާ