ދިވެހިރާއްޖެ
ސަރުކާރުގެ ސްޓްރެޓަޖިކް އެކްޝަން ޕްލޭންގައި ކަނޑައެޅިފައިވާ ދަނޑުވެރިކަމުގެ ސިޔާސަތުތައް ތަންފީޒު ކުރުމުގެ ގޮތުން، 2 ވަނަ ބުރުގައި 5 (ފަހެއް) ފަޅުރަށެއް ބީލަމުގެ އުސޫލުން 21 (އެކާވީސް) އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދޫކުރުމަށްވަނީ ހަމަޖެހިފައެވެ. މި ފަޅުރަށްތައް ކުއްޔަށް ދޫކުރުމުގައި މިނިސްޓްރީގެ މަޤްޞަދަކީ ދިވެހިރާއްޖޭގައި ކާބޯތަކެތި އުފެއްދޭ މިންވަރު އިތުރުކޮށް، ރާއްޖެއަށް އެތެރެކުރަންޖެހޭ ކާބޯތަކެތީގެ މިންވަރު މަދުކޮށް، ކާނާގެ ޔަގީންކަން ކަށަވަރުކޮށް ދިނުމެވެ. މީގެއިތުރުން، ކުކުޅު، އަސްދޫނިފަދަ ޕޯލްޓްރީގެ ބާވަތްތަކާއި ބަކަރި ފަދަ ޖަނަވާރު ގެންގުޅުމާއި ރާއްޖެއަށް ބޭނުންވާ އެކި ބާވަތްތަކުގެ ގަސްގަހާގެހީގެ މުޑުވައް ރާއްޖޭގައި އުފައްދައިގެން އާމްދަނީ ހޯދުމުގެ ފުރުޞަތުތައްވެސް އިތުރުކުރުމެވެ.
ދަނޑުވެރިކަމުގެ މަސައްކަތުން ލިބޭ ނަފާ އިތުރުކުރުމަށް ކުރަންޖެހޭ ޚަރަދު ކުޑަކުރުމަށް ބާރުއެޅުމުގެ ގޮތުން މިރަށްތަކަށް ދެއްކުމަށް ހަމަޖެހިފައިވާ އަހަރީ ކުއްޔަކީ އަހަރަކަށް އަކަފޫޓަކަށް 10 (ދިހައެއް) ލާރިއެވެ.
މި ރަށްރަށުގެ ބިމުގެ ސަރަޙައްދުން ގިނަވެގެން %30 ބިމުގެ ސަރަޙައްދެއްގައި މި މިނިސްޓްރީން ކަނޑައަޅާ ކާނާގެ ބާވަތްތައް އުފައްދަން ޖެހޭނެއެވެ. އުފައްދާ ތަކެތީގެ އިތުރު ތަފްޞީލު ބީލަން ކަރުދާހުގައި ބަޔާންކޮށްފައިވާނެއެވެ.
މަތީގައި ދަންނަވާފައިވާ މަޤްޞަދުތައް ޙާސިލު ކުރުމަށް، ތިރީގައި މިދަންނަވާ 5 ފަޅުރަށް ބީލަމުގެ އުސޫލުން ހުޅުވާލުމަށް ވަނީ ހަމަޖެހިފައެވެ.
|
އަތޮޅާއިރަށް |
އަންދާޒާކުރާ ރަށުގެ ބޮޑުމިން (ހެކްޓަރުން) |
ރަށުގެ ޖިއޮގްރަފިކަލް ކޯޑިނޭޓްސް |
|
1. |
ށ. ނެޔޮ |
20.17 |
73° 3' 34'' E |
6° 27' 1'' N |
2. |
ނ. ތޮޅެންދޫ |
16.13 |
73° 26' 11'' E |
5° 55' 14'' N |
3. |
ގދ. އޮއިނިގިއްލާ |
14.38 |
73° 3' 53'' E |
0° 16' 32'' N |
4. |
މ. މާހުރާ |
4.80 |
73° 25' 42'' E |
2° 47' 36'' N |
5. |
ލ. ތުނބުރި |
18.48 |
73° 32' 24'' E |
2° 4' 29'' N |
ބީލަން ފޮތް ވިއްކަން ހަމަޖެހިފައިވަނީ 18 ނޮވެމްބަރު 2021 ވަނަ ދުވަހުން ފެށިގެން 30 ޑިސެމްބަރު 2021 ވަނަ ދުވަހާއި ހަމައަށް ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ 09:00 އިން 12:00 އަށެވެ. އަދި ބީލަން ފޮތް ވިއްކުމަށް ހަމަޖެހިފައިވާ އެންމެ ފަހު ވަގުތު ކަމުގައިވާ 30 ޑިސެންބަރު 2021 ވަނަ ދުވަހުގެ 12:00 ގެ ކުރިން މި މިނިސްޓްރީގެ ރިސެޕްޝަން (ވެލާނާގެ 7 ވަނަ ފަންގިފިލާ) އަށް ރިޕޯޓް ނުކުރައްވާ ފަރާތްތަކަށް ބީލަން ފޮތް ބައްލަވައިގަތުމުގެ ފުރުޞަތު ބަންދުވާނެއެވެ.
ބީލަން ފޮތް ބައްލަވައިގަތުމަށް ހަމަޖެހިފައި ވަނީ ތިރީގައި މިދަންނަވާ ގޮތަށެވެ.
- ބީލަން ފޮތް ބައްލަވައިގަތުމަށް އެދުމުގެ ފުރުޞަތު އަމިއްލަ ފަރުދުން (ހަމައެކަނި ދިވެހިރައްޔިތަކަށް)، ރާއްޖޭގައި ރަޖިސްޓަރީ ކޮށްފައިވާ ކުންފުންޏަކަށް ނުވަތަ ޕާރޓްނަރޝިޕްސް، ޖޮއިންޓް ވެންޗާރސް (ޖޭވީ) އަށް ހުޅުވިފައިވާނެއެވެ.
- ބީލަން ފޮތެއްގެ އަގަކީ -/2000ރ އެވެ. ބީލަންފޮތަށް ފައިސާދައްކަވާނީ ބަނޑޭރި ޕޯރޓަލް މެދުވެރިކޮށް https://bandeyripay.finance.gov.mv/ ލިންކުންނެވެ.
- ފައިސާ ދެއްކުމަށްފަހު މި މިނިސްޓްރީއަށް ރިސީޕްޓް ހުށަހެޅުމުން ބީލަންފޮތް (ޑިޖިޓަލް ފޯރމަޓް) ގައި ލިބިވަޑައިގަންނަވާނެއެވެ.
- ބީލަން ފޮތް ބައްލަވައިގަންނަވާ ފަރާތް ނޫން އެހެން ފަރާތަކުން ހުށަހަޅުއްވާ ބީލަން ޤަބޫލެއް ނުކުރެވޭނެއެވެ.
- ބީލަން ހުށަހަޅުއްވާ ކޮންމެ ރަށަކަށް ވަކި ބީލަން ފޮތެއް ބައްލަވައި ގަންނަވަން ވާނެއެވެ.
- ބީލަމުގައި ބައިވެރިވެ ވަޑައިގަންނަވާ ފަރާތަކަށް ކޮންމެ ރަށަކަށް ހުށަހެޅޭނީ 1 (އެކެއް) ބީލަމެވެ.
- ބީލަން ހުށަހެޅުމުގެ ސުންގަނޑި ބީލަންފޮތުގައި ބަޔާންކުރެވިފައި ވާނެއެވެ.
- ބީލަން އިވެލުއޭޓްކޮށް މާރކްސް ދޭނެ ކްރައިޓީރިއާ ތިރީގައި އެވަނީއެވެ. ބީލަން އިވެލުއޭޓްކޮށް މާރކްސް ދޭނެ ކްރައިޓީރިއާތައް ބީލަންފޮތުގައި ތަފްސީލް ކުރެވިފައިވާނެއެވެ.
Total Marks |
Criteria Category |
No |
35 |
Investment capacity |
1 |
30 |
Production Plan |
2 |
25 |
Total investment in the first 5 years of the project |
3 |
10 |
Human Resource Plan |
4 |
ބީލަމާ ބެހޭގޮތުން މަޢުލޫމާތު ދިނުމަށް ބާއްވާ ޕްރީބިޑް މީޓިންގ އާ ބެހޭ މަޢުލޫމާތު، ބީލަން ފޮތް ބައްލަވައިގަންނަވާ ފަރާތްތަކަށް އެފަރާތުން 'ބީލަން ފޮތް' ބައްލަވައިގެންނެވި އިރު ދެއްވާފައިވާ ފޯނު ނަމްބަރު/އީމޭލް އެޑްރެހަށް ފޮނުވޭނެއެވެ.
ބީލަމާ ގުޅޭ އިތުރު މަޢުލޫމާތު ބީލަން ފޮތުގައި އެކުލެވޭ 'އިންވިޓޭޝަން ފޮރ ބިޑްސް' އަދި 'އިންސްޓްރަކްޝަން ޓު ބިޑަރސް' އިން ލިބިވަޑައިގަންނަވާނެއެވެ.