ހުވަދުއަތޮޅު ދެކުނުބުރީ ހޯނޑެއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގދ.ހޯނޑެއްދޫ އިން ބަންޑާރަ ގޯއްޗަށް އެދި ހުށަހެޅި ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާގޮތުގެ ލިސްޓް އާންމުކުރުން

ގދ.ހޯނޑެއްދޫ އިން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމަށް ކުރެވުނު މިއިދާރާގެ ނަންބަރ (IUL)417-ESMS/417/2019/74 (22 ސެޕްޓެމްބަރ 2019) އިޢުލާނާއި ގުޅިގެން "ގދ.ހޯނޑެއްދޫ އިން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯއްޗަށް އެދޭ ފޯމް" ހުށަހެޅި ފަރާތްތަކުގެ ތެރެއިން، "ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމުގެ ޤަވާއިދު" ގެ 16 ވަނަ މާއްދާގެ ދަށުން އެކުލަވާލެވުނު ގޯތި ކޮމެޓީން އެފަރާތްތަކަށް ޕޮއިންޓް ދީފައިވާ ގޮތުގެ މަޢުލޫމާތު ކަރުދާސް މިއިޢުލާނާއިއެކު އާންމު ކުރީމެވެ.

ވީމާ، މިދެންނެވި ލިސްޓުގައި ބަންޑާރަ ގޯއްޗަށް އެދި ފޯމް ހުށަހެޅި ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާއިމެދު އެއްވެސް ފަރާތަކުން ޝަކުވާއެއް ހުށަހަޅަން ބޭނުންނަމަ އެކަން ބަޔާންކޮށް 2021 ނޮވެމްބަރ 21 ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން އެޝަކުވާއެއް ބަޔާންކޮށް މިއިދާރާއަށް ސިޓީ ހުށަހެޅުއްވުން އެދެމެވެ.

މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

08 ނޮވެންބަރު 2021
ހޯދާ