އިޢުލާން
މުވައްޒަފުން ބޭނުންވެއްޖެ:
މިކުންފުނީގެ ތިރީގައި މިދަންނަވާ މަޤާމްތަކަށް ހީވާގި، މަސައްކަތަށް ޝައުޤުވެރިކަން ހުންނަ ދިވެހި މުވައްޒަފުން ބޭނުންވެއެވެ.
ޕެރަލީގަލް
|
|
ވަޒިފާ އަދާކުރަންޖެހޭ ތަން:
|
ހީގަލް އެފެއާސް ޑިވިޜަން – އެމްޓީސީސީ ޓަވަރ
|
އަދަދު
|
01
|
ވަޒީފާގެ ބާވަތް
|
ކޮންޓްރެކްޓް – 1 އަހަރު (ކޮންޓްރެކްޓް ގެ މުއްދަތު އިތުރު ކުރުމަށް ހަމަޖެހިފައިވަނީ މަސައްކަތުގެ ފެންވަރަށް ބެލުމަށްފަހު.)
|
މުސާރައާއި ޢިނާޔަތްތައް
(މުސާރައިގެ ޢަދަދު ބަޔާންކޮށްފައިވަނީ އަސާސީ މުސާރައާއި އެހެނިހެން އެލަވަންސްތަކާއެކުގައެވެ)
|
- 10،000ރ
- އިތުރު ގަޑީގައި ކުރާ މަސައްކަތަށް ހަމަޖެހިފައިވާ އުޞޫލުގެ ދަށުން އިތުރުގަޑީގެ ފައިސާ
- ސްޓާފް މެޑިކަލް އިންޝުއަރެންސް.
- ޕެންޝަން ސްކީމް.
|
ރަސްމީ މަސައްކަތު ގަޑި
|
ހަފްތާއަކު 5 ދުވަހު – ދުވާލަކު 08 ގަޑިއިރު
|
ޝަރުޠު
|
- އިނގިރޭސި އަދި ދިވެހި ހިމެނޭގޮތަށް ޖިސީއީ އޯލެވެލް 08 މާއްދާއިން ފާސްވެފައިވުން ނުވަތަ
- އިނގިރޭސި އަދި ދިވެހި ހިމެނޭގޮތަށް ޢޭލެވެލް 02 މާއްދާއިން ފާސްވެފައިވުމާއިއެކު
- މައިކްރޯސޮފްޓް އޮފީސް ޕެކޭޖްތަކަށް ފަރިތަވުން
- ލީގަލް ދާއިރާއަށް ޝައުގުވެރިކަން ހުރި ފަރާތްތަކަށް އިސްކަންދެވޭނެ.
|
ވަޒީފާގައި ކުރަންޖެހޭ މަސައްކަތް
|
|
ވީމާ, މިމަޤާމްތަކަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން އެމްޓީސީސީގެ އޮންލައިން ޖޮބް އެޕްލިކޭޝަން ޕޯޓަލް މެދުވެރިކޮށް 2021 ނޮވެމްބަރ 08 ވަނަ ދުވަހުގެ 00:00 ގެ ކުރިން އެޕްލިކޭޝަން ހުށަހަޅަންވާނެއެވެ.
މި މަޤާމުތަކަށް ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށް އިންޓަރވިއު ކުރުން 2021 ނޮވެމްބަރ 9 ން 2021 ނޮވެމްބަރ 18 އާއި ދެމެދު ކުރިއަށް ގެންދެވޭނެއެވެ.
|
ވެބްސައިޓް:
|
https://mtcc.mv/careers/
|
ފޯން:
|
1650
|
ނޯޓް:
|
- ލިބިފައިވާ ތަޢުލީމީ ސަނަދުތަކުގެ ކޮޕީ ހުށަހަޅާއިރު، އަސްލާ އެއްގޮތްކަން އަންގައިދޭ ތައްގަނޑު ޖަހާފައިނުވާ ސެޓްފިކެޓް ހުށައަޅާފައިވާނަމަ، އިންޓަވިއުއަށް ހާޟިރުވާންވާނީ ސެޓްފިކެޓްތަކުގެ އަސްލާ އެކުގައެވެ.
- މަޤާމަށް ހޮވޭނީ ތަޢުލީމީ ސެޓްފިކެޓުތަކާއި މަސައްކަތު ތަޖުރިބާ އަދި އިންޓަވިއު (އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ، އެ ބައިވެސް ހިމެނުން) އަށް ބަލައި އެންމެ މަތިން މާކްސް ލިބޭ ފަރާތްތަކެވެ.
- އިންޓަވިއު އަށް ދައުވަތު ދެވޭނީ ހަމައެކަނި ޝޯޓްލިސްޓިން އެވެލުއޭޝަންއަށް ފަހު އެންމެ މަތިން މާކްސް ލިބޭ 10-15 ފަރާތްތަކާއިއެވެ. ޝޯޓްލިސްޓް ކުރުމުގައި ލިބިފައިވާ ތަޢުލީމާއި ތަޖުރިބާ (ހުށަހަޅާފައިވާ ލިޔެކިއުންތައް) އަށް ބަލައި ސްކޯކުރެވޭނެއެވެ. މަތީގައި ބަޔާންކޮށްފައިވާ މުއްދަތުގައި ކުންފުނިން އިންޓަވިއު އަށް ދައުވަތު ދީފައިނުވާނަމަ އެއިގެ މާނައަކީ މަޤާމަށް ޝޯޓްލިސްޓް ނުވަނީއެވެ.
- ވަޒީފާ ހަމަޖެއްސުމުގައި ކުށުގެ ރެކޯޑެއް އޮތް ނަމަ ކުށުގެ ކުޑަބޮޑުމިނަށް ބަލައި ވަޒީފާ ނުދިނުމުގެ އިޚްތިޔާރު ކުންފުންޏަށް ލިބިގެންވެއެވެ.
|
06 ނޮވެމްބަރ 2021