ޤައުމީ ކުތުބުޚާނާ
ދިވެހިރާއްޖެ
ތަމްރީނު ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުޞަތު

ޤައުމީ ކުތުބުޚާނާގެ ފަރާތުން ލައިބްރަރީ ދާއިރާ ތަރައްޤީކޮށް ކުރިއެރުމަށްޓަކައި މިދާއިރާގައި މަސައްކަތްކުރައްވާ ފަރާތްތަކަށާއި އަދި މިދާއިރާއަށް ޝައުޤުވެރިކަން ހުރި ފަރާތްތަކަށް އަމާޒުކޮށްގެން ތަމްރީން ޕްރޮގްރާމެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މިތަމްރީންގައި ބައިވެރިވެލައްވަން ބޭނުންފުޅުވާ ފަރާތްތަކުން އެބޭފުޅެއްގެ ވަނަވަރު ޤައުމީ ކުތުބުޚާނާގެ ޓްރެއިނިންގ މެއިލްއަށް([email protected])  18 ނޮވެމްބަރު 2021 ގެ 14:00 ކުރިން މެއިލްކުރެއްވުން އެދެމެވެ.

ތަމްރީނުދެވޭ ދާއިރާ:

ފަންޑަމެންޓަލްސް އިން ލައިބްރަރީ އެންޑް އިންފޮމޭޝަން ސަރވިސަސް

ތަން:

ޤައުމީ ކުތުބުޚާނާގެ އިންސްޓިޓިއުޓް އޮފް ލައިބްރަރީ އެންޑް އިންފޮމޭޝަން ސަރވިސަސް

މުއްދަތު:

28 ނޮވެމްބަރ 2021 އިން 13 ޑިސެމްބަރ 2021 އަށް

ވަގުތު:

08:30 އިން 14:00 އަށް

ޖާގަ:

20

މި ތަމްރީން ޕްރޮގްރާމާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ އެސިސްޓަންޓް ލައިބްރޭރިއަން އާމިނަތު ރިމް (3007282) އަށެވެ.

04 ނޮވެންބަރު 2021
ހޯދާ