މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
އެސެންޝިއަލް މެޑިސިން ފޮރ ފާރމަސީ ނުވަތަ ފާރމަސީ ގައި ހުންނަން ޖެހޭ އަސާސީ ބޭސްތަކާއި ގުޅޭ

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ                                   

  މިނިސްޓްރީ އޮފް ހެލްތް

    މާލެ، ދިވެހިރާއްޖެ

އިޢުލާން 

                                     މި އޮތޯރިޓީގެ އިޢުލާން ނަންބަރ: (IUL) 182-MTG/2020/19  (28 ޑިސެމްބަރ 2020 (އާއި ހަވާލާދީ ދަންނަވަމެވެ.  އެސެންޝިއަލް މެޑިސިން ފޮރ ފާރމަސީ ނުވަތަ ފާރމަސީ ގައި ހުންނަން ޖެހޭ އަސާސީ ބޭސް ލިސްޓަކީ އަބަދުވެސް މެދު ނުކެނޑި މީހުންނަށް ބޭނުންވާ ކޮންމެ ވަގުތެއްގައި ފަސޭހަ ކަމާއި އެކު ފާރމަސީ ތަކުގައި ކޮންމެހެން ލިބެން ހުންނަން ޖެހޭ ބޭސްތަކެކެވެ. ނަމަވެސް ރައްޔިތުންނަށް ބޭނުންވާ އަސާސީ ބޭސްތައް ލިބެން ޖެހޭ ދަނޑިވަޅުގައި ނުލިބި، އެންމެ އެކަށޭނަ ގޮތުގައި ފަރުވާ ނުލިބޭތީ، އާންމުންނާއި ޚިދުމަތް ދޭ ފަރާތްތަކުގެ ޝަކުވާވެސް ދަނީ ލިބެމުންނެވެ. ވީމާ އަސާސީ ބޭސް މެދު ނުކެނޑި ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ފާރމަސީތަކަށް އިލްތިމާސް ކުރަމެވެ.

          އެހެން ކަމުން މިއޮތޯރިޓީގައި ރަޖިސްޓްރީ ކޮށްގެން ހިންގަމުން ގެންދާ ހުރިހާ ފާރމަސީ ތަކުގައި ހީރަސް ކޮށްފައިވާ ލިސްޓްގައި ހިމެނޭ ބޭސްތައް މެދު ނުކެނޑި  ލިބޭނެ އިންތިޒާމު ހަމަ ޖެއްސުމަށް އަންގައި އާއްމުކޮށް އިޢުލާން ކުރަމެވެ. އަދި މި ލިސްޓްގައި ހިމެނޭ ބޭހުގެ އިތުރުން އެޕްރޫވްޑް ޑްރަގް ލިސްޓްގައި ހިމެނޭ ޕްރިސްކްރިޕްޝަން އޮންލީ މެޑިސިން ( ޕީ އޯ އެމް ) އާއި އޯވަރ ދި ކައުންޓަރ މެޑިސިން ( އޯ ޓީ ސީ ) ފާރމަސީތަކުގައި ބެހެއްޓުމުގެ ފުރުސަތު އޮތް ކަމުގައި ވެސް ދެންނެވީމެވެ.

         އަސާސީ ބޭސް ފާރމަސީ ތަކުގައި ލިބެން ހުންނަ މިންވަރު ދެނެގަތުމަށްޓަކައި، ކޮންމެ 3 މަހަކުން އެއްމަހު ފާރމަސީގައި ލިބެންހުރި އަސާސީ ބޭހުގެ ސްޓޮކް ރިޕޯރޓް ( ބާކީ ހުރިވަރު އިނގޭ ގޮތަށް ) މިއޮތޯރިޓީއަށް ލިޔުމުން ހުށަހަޅަންވާނެއެވެ.

         އަދި ދަންނަވަމެވެ. މި އިޢުލާނާއި އެކުގައި ހިރާސް ކުރެވިފައިވާ ލިސްޓްގައިވާ ބޭސްތައް ފާރމަސީތަކުގައި ބަހައްޓާފައި ނުވާނަމަ، ބޭހާއި ބެހޭ ޤަވާއިދު ނަންބަރ: R-46/2014 އާއި ސިއްޚީ ޚިދުމަތް ދިނުމުގެ ޤާނޫނު ނަންބަރ: 2015/29 ގެ ދަށުން ފިޔަވަޅު އަޅާނެ ކަމުގައި ވެސް ދެންނެވީމެވެ.             

                   29  ރަބީއުލް ޢައްވަލް 1443.

 

04 ނޮވެންބަރު 2021
ހޯދާ