ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
ހައުސިންގ އެސެސްމެންޓް ސާވޭގެ ޑޭޓާ ކަލެކްޝަންގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން

މި ކޮމިޝަނުން ކުރިއަށް ގެންދާ ހައުސިންގް އެސެސްމެންޓް ސާރވޭގެ ޑޭޓާ ކަލެކްޝަންގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން.

            މިކޮމިޝަނުން ކުރިއަށްގެންދާ ހައުސިންގ އެސެސްމެންޓް ސަރވޭގެ ޑޭޓާ ކަލެކްޝަންގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެގެން ކުރި ނަންބަރު (IUL)168-CA/1/2021/107 އިޢުލާނާއި ގުޅިގެން ހުށަހަޅާފައިވާ އަންދާސީހިސާބުތަކުގެ އަގުބޮޑުވުމާއި ގުޅިގެން އެއިޢުލާން ބާޠިލްކޮށް އަލުން މިމަސައްކަތް ކޮށްދިނުމަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމަވެ.

ވީމާ، މި މަސައްކަތް ކުރުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން މި އިޢުލާނާއެކު ދީފައިވާ މަޢުލޫމާތާއި ޓާމްސް އޮފް ރިފަރެންސާއި އެއްގޮތަށް 16 ނޮވެމްބަރު 2021 ވާ ހޯމަ ދުވަހުގެ 13:00 އަށް ހިއުމަން ރައިޓްސް ކޮމިޝަން (މ. ޗަނބޭލީވިލާ / ކ. މާލެ،ސްޓަރކްލައުޑްސް ބިލްޑިންގ،  12 ވަނަ ފަންގިފިލާ) އަށް ހާޒިރުވެވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ. އަދި ދެވިފައިވާ ސުންގަޑިއަށްވުރެ ލަހުން ހުށަހަޅުއްވާ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވަހާކަ ދަންނަވަމެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް  [email protected] އަށް އީމެއިލްކުރެއްވުން އެދެމެވެ.

 

29 ރަބީއުލްޢައްވަލް 1443

04 ނޮވެމްބަރ 2021

04 ނޮވެންބަރު 2021
ހޯދާ