ދިވެހިރާއްޖެ
އިޢުލާން ނަންބަރު:134-PROC/I/2021/71
އިޢުލާން
04 ނޮވެމްބަރ 2021
ފ. ފީއަލި އައިސްޕްލާންޓް އިމާރާތްކުރުމުގެ މަސައްކަތްކުރާނެ ފަރާތެއް ހޯދުން
މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕަނީ ލިމިޓެޑް (މިފްކޯ) ގެ ފަރާތުން ޢިމާރާތްކުރަމުންދާ ފ.ފީއަލި އައިސްޕްލާންޓްގެ ޢިމާރާތުގެ މަސައްކަތް މިފްކޯއިން ތަކެތި ދިނުމުން މަސައްކަތްކުރަންބޭނުންވާ ސާމާނު އަމިއްލައަށް ހޯދައިގެން މަސައްކަތްކުރުމަށް އަގު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލީމެވެ.
ބިޑް ކުރިއަށްދާނެގޮތުގެ ތަފްޞީލް |
ތާރީޙް |
ވަގުތު |
|
ބިޑްގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރުން |
އީމެއިލް މެދުވެރިކޮށް |
09 ނޮވެމްބަރ 2021 |
މެންދުރު 12:00ގެ ކުރިން |
މަޢުލޫމާތު ސެޝަން |
މިފްކޯ ހެޑް އޮފީސް ބުލޮކް ނަންބަރު 389 ހިލާލީ މަގު/މާލެ |
10 ނޮވެމްބަރ 2021 |
11:00 ހެނދުނު |
މަޢުލޫމާތު ކަރުދާސް |
ރެޖިސްޓްރީ ކުރުމަށް ބޭނުން ކުރި އީމެއިލްއަށް |
10 ނޮވެމްބަރ 2021 |
12:00 މެންދުރު |
އަންދާސީ ހިސާބު ހުށަހެޅުން |
އީމެއިލް މެދުވެރިކޮށް |
15 ނޮވެމްބަރ 2021 |
08:00ހެނދުނު-01:00މެންދުރު ދެމެދު |
ބިޑް ހުޅުވުން |
އަނދާސީ ހިސާބު ހުށަހެޅި ފަރާތްތަކުގެ ހާޒިރުގައި މައިކްރޯސޮފްޓް ޓީމްސް މެދުވެރިކޮށް |
|
02:00 މެންދުރު |
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މަތީގައި ބަޔާންކުރެވިފައިވާ ތާވަލާއިއެއްގޮތަށް ރަޖިސްޓްރީ ކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. ބިޑްގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރެއްވުމަށް ތިރީގައިވާ ހުރިހާ މައުލޫމާތެއް ފުރިހަމަ ކުރެއްވުމަށްފަހު އީ-މެއިލް ކުރައްވާނީ [email protected] އަށެވެ.
- އިޢުލާން ނަންބަރު
- ކުންފުނީގެ ނަން
- ނަމާއި ފޯނު ނަންބަރު
މަތީގައިވާ މައުލޫމާތު ފުރިހަމަކުރެއްވުމަށްފަހު ފޮނުވާ އީމެއިލް ތަކަށް "ރެޖިސްޓްރޭޝަން ކޮންފޮމޭޝަން" އެއްގެ ގޮތުން މި ކުންފުނިން އީމެލް ކުރާނެ ވާހަކަދެއްނެވީމެވެ.
ނޯޓް: ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކުގެ އަންދާސީ ހިސާބާއި ހަމަޖެހިފައިވާ ގަޑީގެ ފަހުން ހުށަހެޅޭ އަންދާސީ ހިސާބުތައް އަދި މި އިޢުލާނާ ގުޅިގެން ދޫކުރެވޭ މަޢުލޫމާތު ކަރުދާހުގައި ބަޔާންކޮށްފައިވާ ލިޔުންތައް ހުށަނާޅާ އަންދާސީ ހިސާބުތައް ބާތިލްވާނެ ވާހަކަ މައުލޫމާތަށްޓަކައި ދެންނެވީމެވެ. އަދި ކޮންމެ ވަގުތެއްގައި ވެސް އަންދާސީ ހިސާބުތައް ބާޠިލް ކުރުމުގެ ފުރިހަމަ އިޚްތިޔާރު މި ކުންފުންޏަށް ލިބިގެންވެއެވެ. މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފު ކުރެއްވުމަށް އީމެއިލް ކުރައްވާނީ [email protected] އަށެވެ.