ދިވެހިރާއްޖެ
ހައްދުއްމަތީ އިސްދޫ މެޖިސްޓްރޭޓް ކޯޓު
ލ.އިސްދޫ
ދިވެހިރާއްޖެ.
ނަންބަރު:IUL)O1MC/2021/02)
އިޢުލާން
ލ. އިސްދޫ މެޖިސްޓްރޭޓް ކޯޓާއި، ލ. ކަލައިދޫ މެޖިސްޓްރޭޓް ކޯޓު ހިންގުމަށްޓަކައި ހަދާ ޢިމާރާތުގައި ކުރަންހުރި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށްޓަކައި ކުރެވުނު މިކޯޓުގެ ނަންބަރު :IUL)O1MC/2021/01) (27 ސެޕްޓެމްބަރު 2021) އިޢުލާނާގުޅިގެން އެއްވެސް ފަރާތަކުން އަންދާސީހިސާ ހުށަހަޅާފައި ނުވާތީ، އަލުން އެމަސައްކަތަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ވަނީ ހުޅުވައިލެވިފައެވެ. މި މަސައްކަތާގުޅޭ މަޢުލޫމާތުޝީޓް އަދި އަންދާސީހިސާބު ހުށަހަޅާ ފޯމު ގެޒެޓުގެ އިތުރުން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ވެބްސައިޓް www.judiciary.gov.mv ގެ ނޯޓިސްބޯޑުގެ ޕްރޮކިއުމަންޓް ނޯޓިސް ބޯޑްގެ އިއުލާނާއި މައުލޫމާތު ޝީޓް ބައިން ލިބިވަޑައިގަންނަވާނެއެވެ.
މިމަސައްކަތާއި ގުޅޭ މަޢުލޫމާތު ސެޝަން އޮންނާނީ 14 ނޮވެމްބަރު 2021 ވަނަ ދުވަހުގެ 11:00 ގައި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން އަދި ލ.އިސްދޫ މެޖިސްޓްރޭޓް ކޯޓުގައެވެ.
އަންދާސީ ހިސާބު ހުށަހަޅާ ތާރީޚް: 22 ނޮވެމްބަރު 2021
އަންދާސީ ހިސާބު ހުށަހަޅާ ގަޑި: 13:00
އަންދާސީ ހިސާބު ހުށަހަޅަންޖެހޭ ތަން: ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން އަދި ލ.އިސްދޫ މެޖިސްޓްރޭޓް ކޯޓް
މިމަސައްކަތާގުޅޭގޮތުން މިކަމާބެހޭ އިތުރު މަޢުލޫމާތު ސާފުކުރުމަށް މި ކޯޓުގެ ނަންބަރު 6800636 ފޯނާ ގުޅުއްވުން އެދެމެވެ. އަދި [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ.
29 ރަބީޢުލްއައްވަލް 1443
04 ނޮވެމްބަރ 2021