ތިލަދުންމަތީ އުތުރުބުރީ ކެލާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދަނޑުބިމުގެ ބައުންޑުރީ ފާހަކަކުރުމާގުޅޭ

އިޢުލާން

 

ދަނޑުބިމުގެ ބައުންޑުރީ ފާހަކަކުރުމާގުޅޭ

 

                ދަނޑުބިމުގެ ބައުންޑުރީ ފާހަގަކުރުމުގެ ގޮތުން ދަނޑިބުރިތަކެއްޖަހާފައިވާނެއެވެ. އަދި މި ދަނޑިބުރިތަކުގެ އެތެރެއިން 5 ( ފަހެއް ) ފޫޓް އެތެރޭގައިވާ

އެންމެހާ ތަކެތި 10 ( ދިހައެއް ) ދުވަހުގެ ތެރޭ އެތަނުން ނަގައިގެން ގެންދެވުމަށް ދަންނަވަމެވެ. އަދި ބައުންޑުރީ އެތެރޭގައިވާ މޫސުމީ ދަނޑުވެރިކަމުގެ ބާވަތް ފިޔަވައި އަދި

އޮޅުއަލަ ދަނޑު ފިޔަވާ އެހެން ބާވަތްތަށް 02 ނޮވެންބަރު 2021 ވާ އަންގާރަ ދުވަހުން ފެށިގެން 60 ( ފަސްދޮޅަސް ) ދުވަހުގެ ތެރޭ 31 ޑިސެންބަރު 2021  ހުކުރުދުވަހުގެ

ކުރިން އެ ތަކެތި ނަގައިގެން ގެންދެވުމަށް ދަންނަވަމެވެ.

                ވީމާ 02 ނޮވެންބަރު 2021  ވަނަދުވަހުން  ފެށިގެން 08 ( އަށެއް )  މަސް ފަހުން،  ދަނޑުބިން ބެހުމުގެ  މަސައްކަތް  ކުރިޔަށް ގެންދަވާނެކަން 

ދަނޑުވެރިކަން ކުރާފަރާތްތަކުގެ މައުލޫމާތަށްޓަކައި މިކަމަށް ސަމާލުވުމަށްއަންގާ އިޢުލާން ކުރަމެވެ.

                 

                             27 ރަބީޢުލްއާހިރު  1443

                             02  ނޮވެންބަރު   2021

02 ނޮވެންބަރު 2021
ހޯދާ