މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް
ދިވެހިރާއްޖެ
މިނިސްޓްރީން ކުރަމުން ގެންދިޔަ ބައެއް މަސައްކަތް ސަރުކާރުގެ އެހެން ވުޒާރާތަކަށް ބަދަލުކުރުން.

މި މިނިސްޓްރީން ކުރަމުން ގެންދިޔަ މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ ރާއްޖޭގައި ވަޒީފާ ދިނުމާއި ވަޒީފާ އަދާކުރުމާބެހޭގޮތުން ސަރުކާރުން ކުރަންޖެހޭ މަސައްކަތްތައް، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 132 ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިޚުތިޔާރުގެ ދަށުން ވަނީ  2014 ޖޫން 24 ވަނަ ދުވަހުން ފެށިގެން ސަރުކާރުގެ އެހެން ވުޒާރާއަކަށް ބަދަލުކުރައްވާފައެވެ.

މިބަދަލާ ގުޅިގެން އިދާރީ ގޮތުން ހަމަޖައްސަންޖެހޭ ކަންތައްތައް ފުރިހަމަކުރުމަށްޓަކައި، 30 ޖޫން 2009 ވަނަ ދުވަހާހަމައަށް މި މިނިސްޓްރީގައި ވަޒީފާދޭ ފަރާތްތަކުން ބަހައްޓާފައިވާ ޑިޕޮސިޓް ފައިސާ ދޫކުރުމުގެ މަސައްކަތް 13 ޖުލައި 2014 ވަނަ ދުވަހުން ފެށިގެން ވަގުތީ ގޮތުން މެދުކަނޑާލުމަށް ވަނީ ނިންމިފައެވެ.

މި ޚިދުމަތް ދޭން ފެށޭނެ ތާރީޚަކާއި ޚިދުމަތް ދޭނެ ވުޒާރާއެއް ވަރަށް އަވަހަށް އިޢުލާނުކުރާނެކަމުގައި މިފުރުޞަތުގައި ދަންނަވަމެވެ.

12 ރަމަޟާން 1435

10 ޖުލައި 2014
ހޯދާ